އިސްމާޢީލް ބިން ރަފީޤު މުޙައްމަދު

އިސްމާޢީލް ބިން ރަފީޤު މުޙައްމަދު

ކޮވިޑް އެމްއާރްއެން ވެކްސިންތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ހިތުގެ ޑޮކްޓަރެއްގެ ކަންބޮޑުވުން، ހިތުން ހިތަށް

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސް (އެންއެޗްއެސް) އިން ތަމްރީނު ލިބިފައިވާ ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. އަސީމް މަލްހޯތްރާ ވަނީ ކޮވިޑް-19 އެމްއާރްއެން ވެކްސިންތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ކަންބޮޑުވުން ވަރަށް ފަހުން ފާޅުކޮށްފައެވެ. ޑރ. މަލްހޯތްރާ ވިދާޅުވި ގޮތުގައި، ފައިޒާގެ އަމިއްލަ ދިރާސާތަކުންނާއި، އެހެނިހެން މަތީ ފެންވަރުގެ ހެކިތަކުން ދައްކާ ގޮތުގައި މި ވެކްސިންތަކުގެ…

އޫރު ރޯގާއަކީ ވިޔަފާރީގެ މަސްލަހަތު އޮތް ފަރާތްތަކުން ހަދާފައިވާ ދޮގު މަކަރެއް ކަމަށްސައުދީ ދީނީ ޢިލްމުވެރިއަކު ވިދާޅުވެއްޖެ!

“ސަޢުދި އަރަބިއްޔާގެ ހައިއަތު ކިބާރު ޢިލްމުވެރިން (ބޮޑެތި ޢިލްމުވެރިންގެ) މެންބަރަކު (ޝެއިޚް ޞާލިޙް އައް-ލުހައިދާން رحمه الله) ވިދާޅުވެފައިވަނީ ސްވައިން ފްލޫ ނުވަތަ އޫރު ރޯގާގެ ބަލިމަޑުކަމަކީ ހޯކްސްއެއް (ދޮގު މަކަރެއް) ކަމަށާއި، “މިކަމުގައި ގޮތް ނިންމަވަނީ ހަމައެކަނި މާތްﷲ” ކަމަށެވެ. އޭނާގެ ވާހަކަ ސާބިތުކުރުމަށްޓަކައި އޭނާ ވިދާޅުވެފައިވަނީ ރަމަޟާން މަހުގައި ޖަނާޒާތަކުގެ އަދަދު ވޭތުވެދިޔަ…

ހަނގުރާމަތަކާއި، ކޮންސްޕިރަސީ ރޭވުންތަކާއި، ބަލިމަޑުކަމާއި އަދި ވެކްސިންތައް މެދުވެރިކޮށް އާބާދީ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން: ޝައިޚް ޢަލީ އަލް-ޙުދައިފީ

ޝެއިޚް އާއި ސުވާލު ކުރެވުނެވެ. ފުރަތަމަ ސުވާލު: ދުނިޔޭގައި މީހުން ގިނަވެ، އެހެންކަމުން މި ޢަދަދަށް މީހުން ދިރިއުޅޭނެ ޖާގައާއި، ކާނާއާއި އަދި ވަސީލަތްތައް ނެތްކަމަށް ބުނާ މީހުންނާ މެދު އިސްލާމްދީނުގެ ނަޒަރަކީ ކޮބައިތޯ؟ އަދި އޭގެ ތެރެއިން ބައެއް މީހުން ބިން ސަލާމަތްކުރުމަށްޓަކައި ދުނިޔޭގައި ދިރިއުޅޭ މީހުންގެ ޢަދަދު މަދުކުރަން ޖެހޭކަމަށް ބާރުއަޅައެވެ. ދެވަނަ ސުވާލު: ޖަނަވާރު…

އިންފްލުއެންޒާގެ ބަލިމީހަކު މިސްކިތުގައި ނަމާދުކުރުން މަނާކުރުމާ ބެހޭގޮތުން ޝައިޚް ޞާލިޙް އަލް-ފައުޒާންގެ ބަސްފުޅު

ސުވާލު: هل يجوز لإدارة مسجدٍ أن تمنع مصلٍّ من الصلاة في المسجد لكونه مريضًا جدًا بالإنفلونزا، تقول قد ينتشر مرضه ويؤذي المصلين؟ ވަރަށް ބޮޑަށް އިންފްލުއެންޒާ ޖެހިފައިވާ މީހަކު މިސްކިތުގައި ނަމާދުކުރުން މަނާކުރަން މިސްކިތުގެ އިދާރާއަށް ހުއްދަވެގެންވޭތޯ؟ އެމީހުން ބުނަނީ އޭނާގެ ބަލި އެހެން މީހުންނަށް ފެތުރި…

ނުރައްކާތެރި ފުށުން ސަލާމަތްވާނެ ގޮތް، ކޮންމެ ދިވެއްސަކަށް އިނގެން ޖެހޭ ކަމެއް؟

ދިވެހިންގެ ކެއުމުގައި ފުށަކީ ނެތިގެން ނުވާނެ އެއްޗެކެވެ. ރޮށި، ޕާން، ބަނަސް، ކޭކު، ބިސްކޯދު، ޕޭސްޓްރީ، ޕިއްޒާ ބޭސް އަދި އެހެނިހެން ހެދިކާ ފަދަ ގިނަ ކާނާ ތައްޔާރުކުރުމުގައި ފުށް ބޭނުންކުރެވެއެވެ. ނަމަވެސް، ހުރިހާ ފުށެއް ރަނގަޅެއް ނޫނެވެ. ބައެއް ފުށަކީ ހަށިގަނޑަށް ނުރައްކާތެރި އެއްޗިއްސެވެ. އެހެންކަމުން، ރައްކާތެރި، ދުޅަހެޔޮ ފުށެއް ހޮވުމަކީ އަޅުގަނޑުމެންގެ ޞިއްޙަތަށް…

އަނިޔާވެރިކަމުގެ އަނދިރި ހިޔަނިގަނޑުގައި ފޮރުވިފައިވާ އޯގާތެރިކަމުގެ ދޮގު މަންޒަރު: ޣައްޒާގެ މަޒްލޫމުންނަށް ދެވޭ ޕޯލިއޯ ވެކްސިންގެ ފަހަތުގައިވާ ސިއްރު

މިއަދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންގެ ހިތްތަކުން އުފެދޭ ރުއިމުގެ އަޑު އަރަނީ އުޑު މައްޗަށެވެ. ޣައްޒާގައި ހިނގަމުންދާ ލޭއޮހޮރުވުމުގެ ޢަމަލުތަކާއި، މަސްޖިދުލް އަޤްޞާގެ ކަރާމާތް ގެއްލުވާލުމާއި، އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ލޭ އޮހޮރުވަމުން އައި އަނިޔާވެރިކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ހިތްތައް ވަނީ ފުނުން ފުނަށް ހިތާމައިގެ ކަނޑުގައި ބައްދާލެވިފައެވެ. ބޮއިކޮޓް ކުރުމުގެ ގޮވާލުންތައް އަވަހަށް…

2020 ވަނަ އަހަރު ރާއްޖޭގައި މަރުވި މީހުންގެ އަދަދު އޭގެ ކުރީ އަހަރުތަކަށް ވުރެވެސް މަދު – މީހުން ބިރުގަންނަވައި ހާސްކުރުވީ ކީއްވެ؟ ފުރަ ބަންދުކުރީ ކީއްވެ؟

އޭ ދިވެހި ލޮބުވެތި ދަރިންނޭވެ! ތިޔަބައިމީހުންގެ ލޯތައް ހުޅުވާލާށެވެ! 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް ދެއްކި ބޮޑު ދޮގު ދެނެގަންނާށެވެ! ބޭރުގެ ބާރުތަކާއި، ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުގެ އަޅުންނަށްވެފައިވާ ދުނިޔޭގެ ނޫސްތަކުން އަޅުގަނޑުމެންގެ ކަންފަތްތަކަށް އަޑުގަދަކޮށް ގޮވަމުން ދިޔައެވެ. “މަރު! މަރު! މަރު!” އެކަމަކު މިއަދު ޙަޤީޤަތް ހާމަވެއްޖެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖޭގައި 2020…

ޞިއްޙީ ކަންކަމުގައި ދީނީ ޢިލްމުވެރިން އެކަމުގެ މާހިރުންނަށް ރައްދުކުރޭ! – ޝެއިޚް އަބޫ އިޔާޟް

(މިއީ ޝެއިޚް އަބޫ އިޔާޟް އަމްޖަދު ރަފީޤް ގެ ލިޔުމެއްގެ[1] ތަރުޖަމާއެކެވެ. އޭނާއަކީ މެޑިސިނަލް ބަޔޯކެމިސްޓްރީން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. މެޑިސިނަލް ބަޔޯކެމިސްޓްރީގެ ތެރޭގައި ހިމެނެނީ ބޭސް ހަށިގަނޑަށް ވަންނަ ގޮތާއި، ހަށިގަނޑުގައި ފެތުރިގެންދާ ގޮތާއި، ހަށިގަނޑުގައި ބަދަލުވެގެންދާ ގޮތާއި، އަދި ހަށިގަނޑުން ބޭރުވެގެންދާ ގޮތްތައް ދިރާސާކުރުމެވެ. އަދި ބޭހުގެ ސަބަބުން ހަށިގަނޑުގެ މޮލެކިއުލަރ ފެންވަރުގައި…

އެމެރިކާގެ ސިއްހަތާއި ބެހޭ ވަޒީރު: ސީޑީސީގެ ވެކްސިން ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

ވޮޝިންގްޓަން ޑީސީ، – ސީޑީސީގެ ވެކްސިން ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ސިއްހަތާއި ބެހޭ ވަޒީރު އާރްއެފްކޭ ޖޫނިއަރ ވިދާޅުވީ “ސީޑީސީގެ ވެކްސިން ސިޔާސަތާ ގުޅޭ ހުރިހާ ކަމެއް ބަދަލުވާނެ” ކަމުގައެވެ. އާރްއެފްކޭ ޖޫނިއަރ ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދެވޭ އެއްވެސް ވެކްސިނެއް…

ކެންސަރު ޖެހޭ އެންޑީއެމްއޭ އެކުލެވޭ ބޭސްތައް އަދިވެސް ބާޒާރުގައި؟

ކެންސަރު ޖެހޭކަން ސާބިތުވެފައިވާ އެންޑީއެމްއޭ (NDMA) (އެންނައިޓްރޯސޯޑައިމެތައިލްއެމައިން) އާ ގުޅޭގޮތުން ކެންސަރުގެ ފަންނީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.[1] އެންޑީއެމްއޭ އިން ކެންސަރު ޖެހެނީ ހަށިގަނޑުގެ (ވާރުތަވާ މާއްދާ ނުވަތަ) ޑީއެންއޭ އަށް ގެއްލުންދީ، އޭގެ ސަބަބުން ބަދަލުތަކެއް (މިއުޓޭޝަންތައް) އައިސް، ކެންސަރު ގޮށްތަކެއް (ނުވަތަ ޓިއުމަރުތަކެއް) އުފެދިގެންނެވެ. ގިނަ ޖަނަވާރުތަކުގެ މައްޗަށް ކުރެވިފައިވާ ދިރާސާތަކާއި، ކްލިނިކަލް…