މައިގަނޑު ކޮންޓެންޓަށް ދޭ

ނުރައްކާތެރި ފުށުން ސަލާމަތްވާނެ ގޮތް، ކޮންމެ ދިވެއްސަކަށް އިނގެން ޖެހޭ ކަމެއް؟

ލިޔުމުގެ މައުޟޫތައް

    ދިވެހިންގެ ކެއުމުގައި ފުށަކީ ނެތިގެން ނުވާނެ އެއްޗެކެވެ. ރޮށި، ޕާން، ބަނަސް، ކޭކު، ބިސްކޯދު، ޕޭސްޓްރީ، ޕިއްޒާ ބޭސް އަދި އެހެނިހެން ހެދިކާ ފަދަ ގިނަ ކާނާ ތައްޔާރުކުރުމުގައި ފުށް ބޭނުންކުރެވެއެވެ. ނަމަވެސް، ހުރިހާ ފުށެއް ރަނގަޅެއް ނޫނެވެ. ބައެއް ފުށަކީ ހަށިގަނޑަށް ނުރައްކާތެރި އެއްޗިއްސެވެ. އެހެންކަމުން، ރައްކާތެރި، ދުޅަހެޔޮ ފުށެއް ހޮވުމަކީ އަޅުގަނޑުމެންގެ ޞިއްޙަތަށް ވަރަށް މުހިންމު ކަމެކެވެ. ދުޅަހެޔޮ ކާނާ ތައްޔާރުކުރުން ފެށެނީ ސާފު، ރައްކާތެރި އުފެއްދުންތަކުންނެވެ. އަދި ފުށަކީ އޭގެ ތެރެއިން އެންމެ މުހިންމު އެކައްޗެވެ. ނުރައްކާތެރި ފުށުން ސަލާމަތްވެ، ރައްކާތެރި ފުށް ހޮވާނެ ގޮތްތައް ކިޔައިދޭނަމެވެ. ފުށް ޢާންމުކޮށް ކިޔާނީ ގޮދަން ފުށަށެވެ. ގޮދަނަކީ ގޮވާމެކެވެ. ގޮވާމާއި ބެހޭގޮތުން،

    ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ.

    ۞ إِنَّ اللَّهَ فَالِقُ الْحَبِّ وَالنَّوَىٰ ۖ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ۚ ذَٰلِكُمُ اللَّهُ ۖ فَأَنَّىٰ تُؤْفَكُونَ

    “ހަމަކަށަވަރުން، ﷲ ގޮވާމާއި އޮށްޓަރުތައް ފަޅުއްވައި، ވަކިކޮށް، ދެބައިކުރައްވާ ނެރުއްވަވަ އެވެ. ދިރޭތަކެތި، މަރުވެފައިވާ ތަކެތިން ނެރުއްވަ އެވެ. އަދި މަރުވެފައިވާ ތަކެތި، ދިރޭތަކެތިން ނެރުއްވަ އެވެ. އެއީ ﷲ އެވެ. ފަހެ، (މިފަދަ ތައުޙީދުއް ރުބޫބިއްޔަތުގެ ހެކިތައް ފެންނަމުންދާއިރު ތިޔަބައިމީހުން ޙައްޤުން އެއްކިބާވެ، ﷲ އަށް އަޅުކަން ނުކޮށް، ޝަރީކުކޮށް ބުދުތަކަށް އަޅުކަންކުރުމަށް) އެނބުރި ދާނީ ކޮންފަދައަކުން ހެއްޔެވެ؟” (سورة الأنعام – الآية 95)

    “ހަމަކަށަވަރުން ﷲ تعالى އީ އޮށް ގޮވާން ފަޅުއްވައި އަދި އޮއްޓަރު ނެރުއްވާ ކަލާނގެއެވެ. މަރުވެފައިވާ ތަކެތީން، ދިރޭތަކެތި އެކަލާނގެ ނެރުއްވައެވެ. އަދި އެކަލާނގެއީ ދިރޭތަކެތީން، މަރުވެފައިވާތަކެތި ނެރުއްވާ ކަލާނގެއެވެ. އަދި حقّ ގޮތް ދޫކޮށް ކަލޭމެން އެނބުރިދާނީ ކޮންފަދައަކުން ހެއްޔެވެ؟”

    ޢަބްދުއް-ރަޙްމާން ބިން ނާޞިރު ބިން އައް-ސަޢުދީ (ﷲ އެ ބޭފުޅާއަށް ރަޙުމަތް ލައްވާށި) ވިދާޅުވިއެވެ.  يخبر تعالى عن كماله، وعظمة سلطانه، وقوة اقتداره، وسعة رحمته، وعموم كرمه، وشدة عنايته بخلقه “މާތް ﷲ ޚަބަރު ދެއްވަނީ އެކަލާނގެ ފުރިހަމަކަމާއި، އެކަލާނގެ ވެރިކަމުގެ މަތިވެރިކަމާއި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ބާރުގަދަކަމާއި، އެކަލާނގެ ރަޙްމަތްފުޅުގެ ތަނަވަސްކަމާއި، އެކަލާނގެ  މާތްކަމުގެ ޢާންމުކަމާއި، އަދި އެކަލާނގެ މަޚްލޫޤުންނަށް ދެއްވާ ސަމާލުކަމުގެ ވަރުގަދަކަމުގެ ވާހަކައެވެ.” (ތައިސީރުލް ކަރީމިރް-ރަޙްމާން ފީ ތަފްސީރި ކަލާމިލް މަންނާން) [1]

    އިމާމް ޠަބަރީ (رحمه الله) ވިދާޅުވިއެވެ. قال ابن زيد في قوله: ” فالق الحب والنوى “، قال: الله فالق ذلك, فلقه فأنبت منه ما أنبت. فلق النواة فأخرج منها نَبَات نخلة, وفلق الحبة فأخرج نبات الذي خلق. “: ‘ފާލިޤުލް ޙައްބި ވައްނަވާ’ (ގޮވާމާއި އޮށް ފަޅުއްވާ ފަރާތް) މި ބަސްފުޅާ ބެހޭ ގޮތުން އިބްނު ޒައިދު ވިދާޅުވިއެވެ. “އެ (ގޮވާމާއި އޮށް) ފަޅުއްވަނީ ﷲ އެވެ. އެކަލާނގެ އެ ފަޅުއްވައި، އޭގެ ތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ފަޅުއްވައެވެ. އެކަލާނގެ އޮށް ފަޅުއްވައި، އޭގެ ތެރެއިން ކަދުރު ރުކުގެ ގަސް ނެރުއްވައެވެ. އަދި އެކަލާނގެ ގޮވާން ފަޅުއްވައި، އެކަލާނގެ ޚަލްޤުކުރެއްވި ގަސްގަހާގެހި ނެރުއްވައެވެ.” (ތަފްސީރުއް ޠަބަރީ)

    އިމާމް ޤުރުޠުބީ (رحمه الله) ވިދާޅުވިއެވެ. قوله تعالى إن الله فالق الحب والنوى عد من عجائب صنعه ما يعجز عن أدنى شيء منه آلهتهم. والفلق : الشق ; أي يشق النواة الميتة فيخرج منها ورقا أخضر ، وكذلك الحبة . ويخرج من الورق الأخضر نواة ميتة وحبة “ﷲ ތަޢާލާގެ ބަސްފުޅު فالق الحب والنوى ‘ހަމަކަށަވަރުން ﷲ އީ ގޮވާމާއި އޮށް ފަޅުއްވާ ފަރާތެވެ.’ މިއީ އެކަލާނގެ ހެއްދެވުމުގެ އަޖައިބުތަކުގެ ތެރެއިން ގުނެވޭ ކަމެކެވެ. އެ ކަމުގެ އެންމެ ކުޑަމިނުން ކަމެއް ވެސް ކުރުމަށް އެބައިމީހުންގެ އިލާހުންނަށް ނުކުޅެދިގެންވެ އެވެ. “އަދި ‘ފަލްޤު’ އަކީ ފަޅައިގެން ދިއުމެވެ. އެބަހީ، (އެކަލާނގެ) މަރުވެފައިވާ އޮށް ފަޅުއްވައި، އޭގެ ތެރެއިން ފެހި ފަތެއް ނެރުއްވައެވެ. އަދި ހަމައެފަދައިން ގޮވާމެވެ. އަދި (އެކަލާނގެ) ފެހި ފަތުން މަރުވެފައިވާ އޮށަކާއި ގޮވާމެއް ނެރުއްވައެވެ.” (ތަފްސީރު ޤުރުޠުބީ)

    އަލް-ޙައްބަ ނުވަތަ ގޮވާމަކީ ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ގަސްގަހުގެ މޭވާ ނުވަތަ އުފެއްދުމެވެ. ޚާއްސަ ގޮތެއްގައި ކުރާ އަންނަ ގަސްގަހުގައި އަންނަ ތަކެއްޗެވެ. މިއީ އާންމުކޮށް ހިކި، ކުދި، އަދި ގިނަ އަދަދަކަށް އުފެދޭ އެއްޗެކެވެ. މިސާލަކަށް ބިންބި، ކުދިބަތް، ޒުވާރި، ހަނޑޫ، ގޮދަން، ރަތް ހަނޑޫ، މުގު، ބާރލީ އަދި އޯޓްސް ފަދަ އެއްޗެއް ސެވެ.

    އައް-ނަވާ ނުވަތަ އޮށާއި އޮއްޓަރަކީ އާންމުކޮށް މޭވާއެއްގެ އެތެރޭގައި ހުންނަ، ގަހުގެ ދަރިފަސްކޮޅު އާލާކުރުމަށް ބޭނުންވާ އެންމެ މުހިންމު ބައެވެ. ގިނަ ފަހަރަށް އޮށް ހުންނަނީ ހަރުކޮށް ނުވަތަ ގަދަކޮށެވެ. އޮށް ކާއެއްޗެއްގެ ގޮތުގައި ނުވަތަ ގަސް އިންދުމަށް ބޭނުންކުރެވެ އެވެ. އޮށްޓަރު މައިގަނޑު ގޮތެއްގައި ގަސް އިންދުމަށް ބޭނުންކުރެވެ. މިސާލަކަށް ފަޅޯ އޮށް، މޭބިސްކަދުރު އޮށް، އަނބު އޮށް، ކަނދުރު އޮށް ފަދަ އެއްޗެއް ސެވެ. ވައް އަކީ ގަސްގަހުގައި ގަންނަ އެއްޗިހި، މީގެ ތެރޭގައި ކާ ތަކެއްޗާއި ކައިނޫޅޭ ތަކެތި ހިމެނެއެވެ.

    ސާފު، ދުޅަހެޔޮ ހަށިގަނޑަށް ރައްކައުތެރި ރަނގަޅު ފުށެއް ހޯދާނެ ގޮތް

    ކޮންމެ ދުވަހަކު ކެއްކުމަށް ނުވަތަ ފިހުމަށް ފުށް ގަންނައިރު، ތިބާގެ ސިއްހަތަށް ރަނގަޅު ފުށެއް ހޮވުމަކީ މުހިންމު ކަމެކެވެ. އެއްވެސް މީހަކު އެމީހެއްގެ ހަށިގަނޑަށް މަޑުމަޑުން އޮޅުވާލައިގެން ގެއްލުންދޭ ފުށެއް ބޭނުންކުރަން ބޭނުން ނުވާނެ އެވެ. އެއިން ޖެހޭނީ ބަލިތަކެވެ. ގިނަ މީހުންނަށް ނޭނގި ތިބެ އަބަދުވެސް ބޭނުންކުރަނީ ވަރަށް ބޮޑަށް ޕްރޮސެސްކޮށް ކެމިކަލް ޖަހާފައި ހުންނަ ފުށެވެ. ތިރީގައި މިއީ ރަނގަޅު ފުށް ހޮވާނެ ގޮތެވެ.

    ✅ އޮއްޓަރު އެއްކޮށް ހުރި ފުށް ނުވަތަ “ހޯލް ގްރެއިން” ގޮދަން ފުށެއް ހޯދާށެވެ!

    އޮއްޓަރު އެއްކޮށް ހުރި ފުށަކީ އޮށުގެ ހުރިހާ ބައެއް ބޭނުންކޮށްގެން ހަދާ ފުށެވެ. މިސާލަކަށް ގޮދަށް ހުރިގޮތަށް އޮއްޓަރު އެއްކޮށް މުގުރައި ހިމުންކޮށް ނަގާ ފުށެވެ. މި ފުށުގެ ތެރޭގައި ގޮދަނުގެ ބޭރުފަށަލަ (ބްރާން)، ނިރު (ޖަރމް) އަދި އެތެރޭގައި ހުންނަ ހުދުބައި ވެސް (މައިދާ ނުވަތަ އެންޑޮސްޕަރމް) ހިމެނެއެވެ. މިގޮތަށް މުޅި ގޮދަން ބޭނުންކުރުމުން ގޮދަނުގައި ހުންނަ ހުރިހާ ފައިބަރާއި ކާނާގެ ބާވަތްތައް ފުށުގައި ރައްކާކުރެވެއެވެ.

    އޮއްޓަރު އެއްކޮށް ހުރި ފުށުގެ މިސާލަކަށް: އާޓާ ފުށެވެ. އާޓާ ފުށުގައި އޮށުގެ ބޭރުފަށަލަ، ނިރު އަދި އެތެރޭގައި ހުންނަ ހުދުބައި ހިމެނެއެވެ.

    މިސާލަކަށް: ބްރައުން ރައިސް ނުވަތަ ރަތް ހަޑުލެވެ. ރަތް ހަނޑޫ ހުރިގޮތަށް  ފުށަށް ބަދަލުކުރުމުން އޮށްޓަރު އެއްކޮށްހުރި ފުށެކެވެ.

    ދިވެހި ރާއްޖޭގައި މިފަދަ ޤުދުރަތީ ކާނާ އަޅުގަނޑުމެންގެ ކާބަފައިން ކައިއުޅުނު ޒަމާނުގައި ބަލިތައް ކިތަންމެހާވެސް މަދެވެ. އެމީހުންގެ އުމުރުވެސް ދިގެވެ. އަދި ހަށިގަނޑުގެ ދުޅަހެޔޮކަން ވަރުގަދައެވެ.

    މީގެ ފައިދާތައް:

    • ފައިބަރު ގިނަވުން: ބަނޑުގެ ހަޖަމްކުރުމުގެ މަސައްކަތަށް ވަރަށް ރަނގަޅު އެއްޗެކެވެ.
    • ގުދުރަތީ ވިޓަމިންތަކާއި މައުދަނީ ބާވަތްތައް ގިނައިން އެކުލެވުން
    • ހަށިގަނޑަށް ހަކުރު ވަންނަ މިންވަރު މަދުވެފަ ލަސްވުން: މިއީ ހަކަތަ ދެމެހެއްޓުމަށް ރަނގަޅު ކަމެކެވެ. އަދި މިއިން ހަކުރު ބަލި ޖެހުން މަދުކޮށްދެއެވެ.

    އިރުޝާދު: ފުށް ޕެކެޓުގައި “ހޯލް ގްރެއިން” ނުވަތަ “ހޯލް ވީޓް” “އާޓާ ފުށް” މިހެން ލިޔެފައި ހުރޭތޯ ބަލާށެވެ. މިއީ އާންމު ހުދު ފުށް (މައިދާ) އާއި އަޅާބަލާއިރު ހަށިގަނޑަށް ފައިދާ ބޮޑު ބާވަތްތަކެވެ. “ޗައްކީ އާޓާ” އަކީ ގިނަފަހަރު މަދުން ޕްރޮސެސްކޮށްފައި ހުންނަ އަދި ބްލީޗްކޮށް ނުދޮވެ ހުންނަ ފުށެވެ.

     އެލްސިއޯން ބޭކަރީން އިން (ޕްރިމާ) ޗައްކީ އާޓާ ފުށް 1 ކިލޯ.
    ގުޅޭނެ ނަންބަރު: 3322627 ވައިބާ 7562627

    “100% އާޓާ 0% މައިދާ” މާނައަކީ:

     100%އާޓާ: މި ފުށް މުޅިން ހަދާފައިވަނީ މުޅި ގޮދަން ނުވަތަ ގޮދަނުގެ އޮށްޓަރު ހުރިގޮތަށް މުގުރައިގެންނެވެ. އާންމުކޮށް މިއީ ޗައްކީ (ފުށް މުގުރަން ބޭނުންކުރާ އާލާތެއް) ބޭނުންކޮށްގެން ހިމުންކޮށްފައިވާ ފުށެކެވެ. މީގައި ހިމެނެނީ ގޮދަނުގެ ގޮދަނުގެ ބޭރުފަށަލަ، ނިރު އަދި އެތެރޭގައި ހުންނަ ހުދުބައި ވެސް (މަދު) ވެސް ހިމަނައިގެންނެވެ. އެހެންކަމުން މިއީ ފައިބަރު އަދި ކާނާގެ ބާވަތްތަކުން މުއްސަނދި ފުށެކެވެ.

     0%މައިދާ: އެބުނެވެނީ މީގައި އެއްވެސް ވަރަކަށް ސާފުކޮށްފައިވާ ހުދު ފުށެއް (މައިދާ) ނުހިމެނޭ ވާހަކަ އެވެ. މައިދާއަކީ ގޮދަނުގެ ބޭރުފަށަލަ އަދި ނިރު ނަގާލާފައިވާ، މަދު (ހުދުބައި) އެކަނި ބޭނުންކޮށްގެން ބްލީޗްކޮށް ސާފުކޮށް ޕްރޮސެސްކޮށްފައިވާ ގޮދަންފުށެކެވެ. މައިދާ އަކީ މަޑު ފުށެއް ނަމަވެސް ކާނާގެ ފައިދާ ހުރި ބާވަތްތައް އޭގައި މަދުވާނެ އެވެ.


    ✅ “އަން ބްލީޗް” ނުވަތަ ނުދޮވެ ހުންނަ ފުށް ހޯދުން


    ގިނަ ފިހާރަތަކުގައި ހުންނަ “އޯލް-ޕަރޕަސް ފްލާ” ނުވަތަ “ޕްލެއިން ފްލާ” އަކީ ބެންޒޮއިލް ޕެރޮކްސައިޑް ނުވަތަ ކްލޮރިން ޑައިއޮކްސައިޑް ބޭނުންކޮށްގެން ދޮވެފައި ހުންނަ ފުށެވެ. މިއީ ފުށް ހުދުކޮށް، މުލައިމުކުރުމަށް ބޭނުންކުރާ ގަދަ ކެމިކަލްތަކެކެވެ.

    ⚠️ މިކަން މުހިންމުވާ ސަބަބު: މި ކެމިކަލްތަކުގެ އަސަރު ކާރު ކާނާގައި ހުންނާނެ އެވެ. އަދި ދިގު މުއްދަތަކަށް ބޭނުންކުރުމުން ހަށިގަނޑަށް ގެއްލުންވާނެ އެވެ. ޚާއްޞަކޮށް ކޮންމެ ދުވަހަކު ކައިފިނަމަ ބްލީޗް ކޮށްފައި ނުހުންނަ ފުށަކީ އިތުރަށް ގުދުރަތީ އަދި ރައްކާތެރި އެއްޗެކެވެ.


    މި ފުށް ނުގަންނަން ޖެހޭ ސަބަބު:

    •  ފައިބަރާއި ކާނާގެ ދުޅަހެޔޮ ހަށިހެޔޮ ބާވަތްތައް ނަގާލާފައި ހުރުން
    • ބާރު ގަދަ ކެމިކަލްގެ އަސަރު ހުރުން
    • ލޭގައި ހަކުރު އަވަހަށް އުފުލިދާނެ އެއްޗެއް


     އިރުޝާދު:  ފުށް ބަންދުކޮށްފައިވާ ޕެކޭޖުގައި “އަންބްލީޗް” މިހެން ނުލިޔެ ހުރެއްޖެނަމަ، ގިނަފަހަރު އެއީ ބްލީޗްކޮށްފައި ހުފުށް ކަމުގައިވުން އެކަށީގެންވެ އެވެ.


    ✅ ވީވަރަކުން އޯގަނިކް ފުށް ހޯދުން:

    އޯގަނިކް ފުށް މިކިޔަނީ ބާރުގަދަ ކެމިކަލް ގަސްކާނާ، ޕެސްޓިސައިޑް ނުވަތަ ޖީ.އެމް.އޯ ބޭނުންނުކޮށް އުފައްދާފައިވާ ފުށްތަކެވެ.

    އިރުޝާދު: އޯގަނިކް ފުށް ހޯދަން އުނދަގޫވެއްޖެނަމަ ނުވަތަ އަގު ބޮޑުވެއްޖެނަމަ، އެންމެ ކުޑަމިނުން “އަންބްލީޗް ފުށް” ހޯދާށެވެ.

     ޚުލާސާ:


    ✅ ފުށް ގަންނައިރު:

     އޮއްޓަރު އެއްކޮށް ހުރި “ޗަކީ އާޓާ” ގަންނާށެވެ.

     އަން ބްލީޗްޑް (ބްލިޗުން ނުދޮވެހުންނަ) ފުށް ގަންނާށެވެ.

    狀 އަދި ވީވަރަކުން އޯގަނިކް ފުށް ހޯދާށެވެ.

      ކެމިކަލް ޖަހައިގެން ދޮވެފައި ނުވަތަ ބޮޑަށް ބަދަލުކޮށްފައި ހުންނަ ހުދު ފުށް ނުގަންނާށެވެ.

    والله أعلم

    ފުށުގެ ފައިދާ އެތައް ގުނައެކޭ، ޤުދުރަތީ ގޮތުގައި ހުރިނަމަ އެކޭ، ދުޅަހެޔޮކަމާ ސިއްޙަތު ލިބޭނޭ، ރަނގަޅު ފުށް ހޯދަން މަސައްކަތް ކުރާށެކޭ.

    …


    [1] عبد الرحمن بن ناصر بن عبد الله السعدي التميمي (ޢަބްދުއް-ރަޙްމާން ބިން ނާޞިރު ބިން ޢަބްދި الله އައް-ސަޢުދީ އައް-ތަމީމީ) އުފަންވީ ހިޖުރީ ސަނަތުން 1307 (މީލާދީ 1889) އަދި ނިޔާވީ ހިޖުރީ ސަނަތުން 1376 (މީލާދީ 1956) އެވެ. އެ މަނިކުފާނު މަޝްހޫރުވެފައިވަނީ ޤުރުއާނުގެ ތަފްސީރާއި ފިޤްހު ޢިލްމުގައެވެ. އެ މަނިކުފާނުގެ ތަފްސީރު ފޮތް “تيسير الكريم الرحمن في تفسير كلام المنان” (ތައިސީރުލް ކަރީމިރް-ރަޙްމާން ފީ ތަފްސީރި ކަލާމިލް މަންނާން) އަކީ ވަރަށް މަޤްބޫލު އަދި ފަސޭހައިން ފަހުމްވާ ތަފްސީރެއްގެ ގޮތުގައި ބެލެވެއެވެ.

    WhatsApp Telegram