“ސަޢުދި އަރަބިއްޔާގެ ހައިއަތު ކިބާރު ޢިލްމުވެރިން (ބޮޑެތި ޢިލްމުވެރިންގެ) މެންބަރަކު (ޝެއިޚް ޞާލިޙް އައް-ލުހައިދާން رحمه الله) ވިދާޅުވެފައިވަނީ ސްވައިން ފްލޫ ނުވަތަ އޫރު ރޯގާގެ ބަލިމަޑުކަމަކީ ހޯކްސްއެއް (ދޮގު މަކަރެއް) ކަމަށާއި، “މިކަމުގައި ގޮތް ނިންމަވަނީ ހަމައެކަނި މާތްﷲ” ކަމަށެވެ. އޭނާގެ ވާހަކަ ސާބިތުކުރުމަށްޓަކައި އޭނާ ވިދާޅުވެފައިވަނީ ރަމަޟާން މަހުގައި ޖަނާޒާތަކުގެ އަދަދު ވޭތުވެދިޔަ އަހަރަށްވުރެ އިތުރުވެފައި ނުވާ ކަމަށާއި، އަދި އޭނާ ދަންނަ ގިނަ މީހުންނަށް ވެކްސިން ނުޖަހައި ތިބެވެސް މިބަލި ޖެހިފައި ނުވާ ކަމަށެވެ. (ނޯޓު: ކޯވިޑް ސްކޭމް މަކަރު ހޮކްސް ގައި ވެސް ވީ މިހެނެނެވެ. މަރު އިތުރު ނުވެއެވެ. ވެކްސިން ވިޔަފާރި ކާފަރުން ފުޅާކުރީއެވެ.)
ރިޔާދު (އޭޝިއާ ނިއުސް) (30 އޮކްޓޯބަރ 2009) – ދުނިޔެ މިވަގުތު އާ އިންފްލުއެންޒާއަށް ސަމާލުވެފައިވާއިރު، އަދި ސައުދީ އޮތޯރިޓީތަކުން އަންނަ ނޮވެމްބަރު މަހު މައްކާއަށް ކުރާ ހައްޖު ދަތުރަށް ތައްޔާރުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދެއެވެ. ނަމަވެސް، ސައުދީ ބޮޑެތި ޢިލްމުވެރިންގެ ކައުންސިލްގެ މެންބަރު ޝެއިޚް ސާލިހް އަލް-ލުހައިދާން (رحمه الله)ގެ ނަޒަރުގައި މިއީ ބޭކާރު ކަމެކެވެ. އެއީ އޫރު ރޯގާއަކީ ވިޔަފާރީގެ މަސްލަހަތު އޮތް ފަރާތްތަކުން ރާވައިގެން ހިންގާފގާފައިވާ ބޮޑު ހޯކްސްއެއް (ދޮގެއް) ކަމަށް ވާތީއެވެ. މިފަދަ ކަންކަމުގައި “ނިންމަވަނީ މާތްﷲ” ކަމަށް ޝެއިޚް ވިދާޅުވިއެވެ.
“އަހަރެންނަކަށް ޔަޤީނެއްވެސް ނުވޭ މި ވައިރަސް ވުޖޫދުގައި އުޅޭކަމެއް،” ޝައިޚް ލުހައިދާން ވިދާޅުވިއެވެ.
(ކޮވިޑާ މެދުވެސް ޝައިޚު ވަނީ މިފަދަ ބަސްތަކެއް ވިދާޅުވެފައެވެ. އަދި ޝައިޚު މާސްކު ނާޅުއްވައެވެ. އަދި ގައިދުރުކަން ވެސް ނުބަހައްޓަވައެވެ. އަދި ކޯވިޑް ވެކްސިނެއް ވެސް ނުޖައްސަވައެވެ. الحمد لله.)
އަޝްޝަރްޤުލް އަވްސަޠުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މުސްލިމް ދީނީ އިސްވެރިޔާގެ މި ޚިޔާލުފުޅުތައް ހާމަކުރެއްވީ ރިޔާދުގައި ހުންނަ އަލް-ރާޖިހީ މިސްކިތުގައި ދެއްވި ޚަތީބެއްގައެވެ. އޫރު ރޯގާ ޖެހުމުގެ ބިރުން މިސްކިތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދުކުރެވިދާނެތޯ އެހުމުން، ޝެއިޚް ވިދާޅުވެފައިވަނީ “މި ބަލިމަޑުކަން ކިހާ ނުރައްކާތެރިކަމެއްކަން އެނގޭކަށް ނެތް” ކަމަށެވެ.
އޭނާގެ ވާހަކަ ސާބިތުކުރުމަށްޓަކައި އޭނާ ވިދާޅުވެފައިވަނީ ރަމަޟާން މަހުގައި ޖަނާޒާތަކުގެ އަދަދު ވޭތުވެދިޔަ އަހަރަށްވުރެށްވުރެ އިތުރުވެފައި ނުވާ ކަމަށެވެ. މީގެ އިތުރުން، އިސްލާމީ ޢިލްމުވެރިޔާ އަދި އަމިއްލައަށް ވައިރޮލޮޖިސްޓަކަށް ވެވަޑައިގެންފައިވާ ބޭފުޅާ ވިދާޅުވެފައިވަނީ އޭނާ ދަންނަ ބައެއް މީހުންނަށް ވެކްސިން ނުޖަހައި ތިބެވެސް މިބަލި ޖެހިފައި ނުވާ ކަމަށެވެ.
(ނޯޓު: ބަލިމަޑުކަމާ ގުޅޭ ޙަޤީޤަތްތައް ޝައިޚް ހާމަކުރެއްވުމާ ގުޅިގެން، ނޫސްވެރިޔާ ވަނީ ޝައިޚްގެ ޢިލްމީ ޤާބިލުކަމާމެދު ސުވާލު އުފައްދާފައެވެ. ނޫސްވެރިޔާގެ ބަހުގައި، ޝައިޚް ލުހައިދާން އަމިއްލަފުޅަށް ވައިރޮލޮޖީގެ ދާއިރާގެ މާހިރެއްގެ (ޚަބީރުލް ވައިރަސާތް) ގޮތުގައި ދައްކަވަން މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. މިފަދަ ބަޔާންތަކުން ޝައިޚްގެ އަގު ވެއްޓޭފަދަ ގޮތަކަށް ޝެއިޚަށް ބަދުބަސް ބުނެ ނޫސްވެރިޔާ ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ. ޢިލްމުގެ އަހުލުވެރިން ޝަރީޢަތުގެ ވާހަކަ ދެއްކުމުން ޢިލްމުވެރިންގެ އަގު ދައްކުރާ މީހުންނަކީ ހަޤީޤަތުގައި ޢިލްމުވެރިން ވައްޓަން އުޅޭ މީހުންނެވެ.)
“ކަޢުބާއަށް ޒިޔާރަތްކުރާ މީހުންނަށް ދެއްވާ ޙިމާޔަތާއި ރައްކައުތެރިކަން ދެއްވަނީ މާތްﷲ” ކަމަށް އޭނާ ވިދާޅުވިއެވެ.
ޝެއިޚް ސާލިހްގެ މި ބަސްފުޅުތަކާ ގުޅިގެން، މުޙައްމަދު ބިން ސަޢޫދު ޔުނިވަރސިޓީގެ މެޑިކަލް ކޮލެޖުގެ ޑީން ޑރ. ޚާލިދު ޢަބްދުލް ޣައްފާރު އަލް ޢަބްދުއްރަޙްމާން ވަނީ ޖަވާބު ދެއްވާފައެވެ. އަދި އޭނާ ވަރަށް ބާރުލާފައި ވިދާޅުވެފައިވަނީ “މި ބަލިމަޑުކަން ޙަޤީޤަތުގައިވެސް ވުޖޫދުގައި ވާކަމާއި އަދި އެކަން ސައިންޓިފިކްކޮށް ސާބިތުވެފައިވާ” ކަމަށެވެ. (ނޯޓު: އޫރު ރޯގާ ޖެހޭކަމަށް ބުނާ ވައިރަސް ޙަޤީޤީ މާނައިގައި ވަކިކޮށް ސައިންސްގެ އަލީގައި ހޯދާފައި ނުވެއެވެ. ވަކިކުރި ދިރާސާތައް ހުރީ ތަޣައްޔަރުކޮށްފައެވެ. އަދި ސައިންސްގެ އަލީގައި އެއީ ބަލި ޖެހޭ އަދި ގައިންގައިން އަރާ އެއްޗެއް ކަމުގެ ފުރިހަމަ ހެއްކެއް ފެންނާކަށް ނެތެވެ. އޫރު ވައިރަސްގެ ޚަބަރަކީ ވެސް ކާފަރު މުލްޙިދުންގެ ފަރާތުން އައި އެހެނިހެން ޚުރާފީ ބޯދާ ޚަބަރު ފަދަ ޚަބަރެކެވެ.)
ރަމަޟާން މަހުގައި ބަލީގެ ކޭސްތައް މަދުވެފައިވާކަމަށް ބުނެވޭ ހުރިހާ ވާހަކައަކީ، މައްކާއަށް ގިނަ އަދަދެއްގެ ޙައްޖުވެރިން އައި ނަމަވެސް އެކަން އެގޮތަށް ވެފައިވާކަމެވެ.
ދީނީ ޢިލްމުވެރިޔާ އާއި މެޑިކަލް މާހިރު އެއްބަސްވާ އެއް ނުކުތާއެއް އެބައޮތެވެ: އެންމެ ފަހުން ޙައްޖުވެރިންނަށް ބަލި ޖެހުނަ ނުދިނުމުގައި މާތްﷲގެ އަތްޕުޅު އޮތްކަމެވެ.” (ޚަބަރުގެ މަޞްދަރު 1[1] & [2]2)
ކޯވިޑްގެ ހަޤީޤަތް ހާމަކުރި ޢިލްމުވެރިންނާއި ޝައިޚުންނަށް މަލާމާތްކުރުމަށް، ތިޔައީ ވައިރަސްގެ މާހިރުކަމަށާއި، ބޮޑެތި ޢިލްމުވެރިންގެ އަގުވައްޓާލަން އުޅެނީކަމަށް ބައެއް ދީނަށް ނިސްބަތްވާ ބޭފުޅުން ބުނަމުން ދިޔައެވެ. މިހާރު އެމީހުން ޢައްލާމާ ޞާލިޙް އައް-ލުޙައިދާން رحمه الله އަށް އެފަދައިން ކިޔައި، ބަދުބަސް ބުނެ، ޢިލްމުވެރިން ވައްޓާލަން ނޫޅޭނެ ބާއޭ އަހުރެން ހިތަށް އަރައެވެ.
މިއީ ސުންނަތުގެ އަހުލުވެރިންނާ މެދު ވަރަށް ނުބައި ހީތައް ގެންގުޅުމެއް ކަމުގައި އަޅުގަނޑަށް ފެނެއެވެ. ޢާންމުގޮތެއްގައި މިފަދަ ނުބައި ހީތައް ގެންގުޅެނީ ހައްދާދީ މަންހަޖަށް ތަބަޢަވާ ފަރާތްތަކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.


ރޯގާ ޖެހުމަކީ އިންސާނުން އުފެއްދެވީއްސުގެ ހަށިގަނޑުގައި ލައްވާފައިވާ ޤުދުތަރީ ނިޒާމެއް!
އިންފުލުއެންޒާ ކިޔައި އުޅެނީ ހުންއައިސް ނޭފަތުން އަރިދަފުސް ފައިބާ ރޯގާއަކަށެވެ. ޒުކާމަކީ ވެސް އަރިދަފުސް ރޯގާއެވެ.ނޭފަތް ބަންދުވުމެވެ. އަރިދަފުސްގެ ޢަލާމާތްތަކުގެ ތެރޭގައި ނޭފަތާއި ކަރު ހިރުވައި އަދި ފުއްޕާމޭގެ ހޮޅިތަކުގައި އަރިދަފުސްގެ (ރޯގާގެ) އަސަރުހިފައި، ކިނބިހިއެޅި، ކެއްސައި، ނޭފަތުންނާއި، ކަރުތެރެއިން ފެނާއި ދަވަ އާދެއެވެ. ބައެއްފަހަރު ނޭފަތް ބަންދުވާ ކަހަލަ އިހުސާސް ކުރެވެއެވެ. އަރިދަފުސް ކިޔަނީ ނޭފަތުންނާއި އަނގައިން އަންނަ ދިޔާ ނުވަތަ އޮލަ މާއްދާއަށް އަށެވެ.
ބައިނަލްއަޤްވާމީ ޞިއްޙީ ސިނާޢަތުގެ ނުފޫޒުގަދަ ވިއުގައިން ނުވަތަ މިހާރުގެ ޒަމާނުގެ ބޭސްފަރުވާއާއި ޞިއްޙީ ސިޔާސަތުތައް ކޮންޓްރޯލްކުރާ ނުފޫޒުގަދަ ފަރާތްތަކުގެ ނެޓްވޯކުން މި ޢަލާމާތްތަކަށް ގުނާލަން ނުކުޅެދޭހާ ގިނަ ނަންތައް ދަނީ ކިޔަމުންނެވެ. އަބަދުވެސް އަންނަ މޫސުމީ ރޯގާއަށް އާ ނަމެއް ދީ، އޭގެ ނަމުގައި ވެކްސިނާއި ބޭސް އުފައްދައި، ވިޔަފާރީގެ ފައިދާ ހޯދަމުންނެވެ. އެ ގޮތުން، ޢާންމު އަރިދަފުސް ރޯގާ، ފްލޫ، އިންފްލުއެންޒާ، މޫސުމީ ރޯގާ، ދޫނި ރޯގާ، އޫރު ރޯގާ، ސްޕެނިޝް ފްލޫ، ހޮންކޮންގ ފްލޫ، ރަޝިއަން ފްލޫ، ކޮރޯނާ، ކޯވިޑް، ސާރސް، މާރސް އެހެންގޮސް އެތަކެއް ނަމެވެ. ކޮންމެ ފަހަރަކުވެސް ވިޔަފާރި ބޫސްޓަކަށް އައު ނަމެއް ދެއެވެ. ކޮންމެ ފަހަރަކު ވެސް އައު ވިޔަފާރިއެއް ފެށުމަށް އައު ނަމެއް ތަޢާރަފުކުރެއެވެ.
ނެޗުރޯޕެތީގެ ޑޮކްޓަރު ޑރ. ހާބަރޓް ޝެލްޓޮން ވިދާޅުވެފައިވަނީ “ޢާންމުކޮށް މި ކިޔައި އުޅޭ ފްލޫ (ރޯގާ، ކިބިހި އެޅުން، ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން) އެއީ އިންސާނާގެ ހަށިގަނޑު އަނބުރާ ރަނގަޅު ޞިއްޙަތަކަށް ރުޖޫޢަ ކުރުމަށް ޤުދުރަތުގައި (މާތްﷲ) ލައްވާފައިވާ އެންމެ ބާރުގަދަ އެއް މަގު” ކަމުގައެވެ. އެ ބޭފުޅާ ވިދާޅުވަނީ ފްލޫ/ރޯގާއަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހަށިގަނޑުން ފަށައިގަންނަ ފުން ސާފުކުރުމުގެ ވަރުގަދަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ފައްޓަނީ ހަށިގަނޑަށް ބޭނުން ނުޖެހޭ އެކިއެކި ކުނިބުންޏާއި، ވިހަ ޓޮކްސިކް މާއްދާތައް ހަށިގަނޑުގައި ޖަމާވެ އެކަށީގެންވާ މިންވަރަކުން މައްޗަށް ގޮސް ނުރައްކާތެރި މިންވަރަކަށް ދިއުމުންނެވެ. މިސާލަކަށް ރޯ ފިޔާ ކަފާލުމުން އޭގެ ތެރެއިން ސިން-ޕްރޮޕޭންތިއަލް-އެސް-އޮކްސައިޑް ކިޔާ ގޭހެއް ބޭރުވެއެވެ. މި ގޭހުގެ ސަބަބުން: ލޮލާއި ނޭފަތުގެ ތެރެއަށް ރިހުން އަރައެވެ. ލޮލުން ފެންއައުން ކުރިމަތިވެއެވެ. ނޭފަތުން ފެންއައުން ފެށެއެވެ. ބައެއް މީހުންނަށް ކިބިހި އަޅައި، ކަރުގައި ރިހުން އުފެދެއެވެ. މިފަދަ ޢަލާމާތްތައް ފެންނަން ފަށާ ކޮންމެ ފަހަރަކު އެއީ ހަށިގަނޑަށް ވަދެގެން އުޅޭ ނުފެންނަ “ވައިރަސް” އޭ ކިޔާ ދިރިހުރި އެއްޗެއް ކޮށްގެން އުޅޭ ކަމަކަށްވުން ލާޒިމެއް ނޫނެވެ. އެ ބޭފުޅާ ވިދާޅުވަނީ ރޯގާ ޖެހުމުން ކުރަން އެންމެ ރަނގަޅު ކަމަކީ އަމިއްލަ ހަށިގަނޑަށް އަރާމުދީ އެހީތެރިވެ ދިނުން ކަމަށެވެ. އެއީ ގަދަ ކެއުމުން ދުރުވެ، ރޯދަ ހިފުން ނުވަތަ ހަމައެކަނި ދިޔާތަކެތި، ކުރުބާ، ތާޒާ ޖޫސް ފަދަ އެއްޗެހި އެކަނި ބޭނުންކޮށް ހަށިގަނޑަށް ވީހާވެސް ބޮޑަށް އަރާމު ދީ، ސާފު ވަޔަށް ނޭވާ ލައި، އިރުގެ އަލިކަމަށް ހުށަހެޅުމެވެ. އިރުގެ އަލިން ގަސްތަކަށް ދިރުމެއް ވާ ފަދައިން އިންސާނުންނަށް ވެސް ދިރުމެއް ވެއެވެ. މި ހަރަކާތްތައް ހުއްޓުވައި ސަޕްރެސް ކޮށް އަދި އޭގެ އިތުރަށް ވިހަ މާއްދާތައް ހަށިގަނޑަށް އުކާލައި ދުޅަހެޔޮ ނޫން ކާނާ ކެއުމަކީ މީހަކު މި ހާލަތުގައި ކުރާނެ އެންމެ ނުރަނގަޅު ކަންކަމުގައި ނެޗުރޯޕެތީގެ ޑޮކްޓަރުން ވިދާޅުވެއެވެ. މިކަމުގެ ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.
ބައެއް ދިރާސާވެރިން ދެކޭގޮތުގައި އަހަރެމެންގެ ތިމާވެށި (ވައި، ފެން، ކާބޯތަކެތި އަދި ބިން ފަދަ ތަންތަން) ދަނީ އަހަރަކަށްފަހު ގޯސް މާއްދާތަކުން އަހަރެއް ތަޣައްޔަރުވަމުންނެވެ. މި ތިމާވެށްޓަށް ބޭނުންކުރެވޭ ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމްސް (ޖީއެމްއޯސް)، ޕެސްޓިސައިޑް، ހާބިސައިޑް، ބޭސް (ފާމަސޫޓިކަލް ޑްރަގްސް)، އެހެނިހެން ވިހަ މާއްދާތައް، މޯބައިލް ފޯނު ޓަވަރުތައް (ޚާއްޞަކޮށް 5ޖީ) އަދި އެހެނިހެން އިލެކްޓްރޯމެގްނެޓިކް (ކަރަންޓުގެ) ތަޣައްޔަރުކަން އަދި އިރުގެ އަލިކަން ބްލޮކްކުރުމަށް ކަމަށް ބުނެ އުޑަށް ސްޕްރޭކުރާ އެކި ވިހަ ގޭސްތައް (‘ކެމްޓްރެއިލް’ ފަދަ) އިތުރުވާ ވަރަކަށް، އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ މީހުން ބަލިޖެހި އަދި މަރު އިތުރުވާ ކަމަށް އެ ބޭފުޅުން ބުނެއެވެ. އެހެނަސް، މި ކަންކަން ވަޅުލައި ފޮރުވުމަށް ކޮންމެ ފަހަރަކުވެސް އައު ‘ވައިރަސް’ އެއް ނުވަތަ އައު ޖަރާސީމެއް ފަދަ އެއްޗެހި ކުށްވެރިކޮށް ހަދަމުންދާ ކަމަށް ބައެއް ދިރާސާވެރިން ބުނެއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ރައްކައުތެރިކަމާއި ސަލާމަތްކަން ދެއްވާށިއެވެ.
އަޅުގަނޑުމެން އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، އިލްމީ ގޮތުން ސާބިތުވެފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އަޅުގަނޑުމެންގެ ދުޅަހެޔޮކަމާއި ތިމާވެށި ރައްކައުތެރިކުރުމަށް މަސައްކަތްކުރަންވާނެއެވެ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަށް ގެއްލުންދޭ ކަންކަމުން ދުރުހެލިވާން މަސައްކަތްކުރަންވާނެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ގޮތް ދައްކަވައި، ރަނގަޅު ކަންކަން ކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.
އިންފްލުއެންޒާގެ ބަލިމީހަކު މިސްކިތުގައި ނަމާދުކުރުން މަނާކުރުމާ ބެހޭގޮތުން ޝައިޚް ޞާލިޙް އަލް-ފައުޒާންގެ ބަސްފުޅު
[1] Saudi scholar says swine flu does not exist https://english.alarabiya.net/articles/2009%2F10%2F28%2F89525
[2] SAUDI ARABIA Swine flu a hoax by business interest, Saudi religious scholar says https://www.asianews.it/news-en/-Swine-flu-a-hoax-by-business-interest,-Saudi-religious-scholar-says-16738.html