އިންފްލުއެންޒާގެ ބަލިމީހަކު މިސްކިތުގައި ނަމާދުކުރުން މަނާކުރުމާ ބެހޭގޮތުން ޝައިޚް ޞާލިޙް އަލް-ފައުޒާންގެ ބަސްފުޅު

ސުވާލު: هل يجوز لإدارة مسجدٍ أن تمنع مصلٍّ من الصلاة في المسجد لكونه مريضًا جدًا بالإنفلونزا، تقول قد ينتشر مرضه ويؤذي المصلين؟ ވަރަށް ބޮޑަށް އިންފްލުއެންޒާ ޖެހިފައިވާ މީހަކު މިސްކިތުގައި ނަމާދުކުރުން މަނާކުރަން މިސްކިތުގެ އިދާރާއަށް ހުއްދަވެގެންވޭތޯ؟ އެމީހުން ބުނަނީ އޭނާގެ ބަލި އެހެން މީހުންނަށް ފެތުރި އަދި ނަމާދުކުރާ އެހެން މީހުންނަށް އުނދަގޫވެދާނެ ކަމަށެވެ.

الشيخ صالح الفوزان حفظه الله ޖަވާބުގައި ވިދާޅުވިއެވެ. أكثر المصلين يعطسون ولا صار فيهم إلا العافية والحمد لله، يفرحون إذا صار بهم أي زكام صلّوا في بيوتهم وقالوا نستريح من الروحة التي إلى المسجد، ما يصلح هذا، توكلوا على الله وصلّوا، خلوه يصلي معكم، ويا ستر الله سبحانه وتعالى، والزكام هذا مرضٌ يعني مستوطن ما هو به، نعم “ނަމާދުކުރާ ގިނަ މީހުން ކިބިހި އަޅައެވެ. އަދި އެމީހުން ޢާފިޔަތުގައި ނޫނީ ނުވެއެވެ. އަދި އެކަމަށްޓަކައި ﷲ އަށް ޙަމްދު ހުއްޓެވެ. (ތިފަދައިން މަނާކުރާނަމަ) އެމީހުންނަށް އެއްވެސް ބާވަތެއްގެ ރޯގާއެއް (ޒުކާމެއް) ޖެހުނަސް އުފާކުރެއެވެ. އެމީހުން ގޭގައި ނަމާދުކޮށް ބުނަނީ ‘މިސްކިތަށް ދިއުމުގެ ތަކުލީފުން ސަލާމަތްވެއްޖައީމޭ‘ މިއީ ރަނގަޅު ގޮތެއް ނޫނެވެ. ﷲ އަށް ތަވައްކުލުކޮށް ނަމާދުކުރާށެވެ. އޭނާ ތިޔަބައިމީހުންނާއެކު ނަމާދުކުރަން ދޫކޮށްލާށެވެ. الله سبحانه وتعالى ރައްކާތެރިކުރައްވާނެއެވެ. މި ރޯގާއަކީ އެންޑެމިކް (އާންމުކޮށް ފެތުރިފައިވާ) ބައްޔެކެވެ. އެއީ އެފަދަ ބައްޔެކެވެ. އާނއެކެވެ.”

ޝައިޚް އަބޫ ޢިޔާޟް حفظه الله ވިދާޅުވިއެވެ. “ޝައިޚް ފައުޒާން އިޝާރާތްކުރައްވަނީ މީހުން މި ބަލި ބޭނުންކުރަނީ މިސްކިތަށް ނުދިއުމުގެ އުޒުރެއްގެ ގޮތުގައި ކަމަށާއި، މިއީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި ﷲއަށް ތަވައްކުލުކޮށް މިސްކިތަށް މީހުން ދާންވާނެ ކަމަށާއި، މިސްކިތުގެ އިދާރާއިން އެމީހާއަށް އެހެން މީހުންނާއެކު ނަމާދުކުރަން ދޭންވާނެ ކަމަށެވެ. ނަމަވެސް، ބަލި ފެތުރުމުގެ ބިރު އޮތްކަމުގައިވިޔަސް މެއެވެ. މުސްލިމް ވެރިއަކު ބަލިމަޑުކަމެއްގައި ހަނިކުރުންތަކެއް ނުވަތަ ގަވާއިދުތަކެއް ތަންފީޒުކުރާ ހިނދު، ޢިލްމުވެރިއަކު ގޮވާލާނީ ވެރިމީހާއަށް ކިޔަމަންތެރިވުމަށެވެ. އެއީ ވެރިމީހާގެ އިޖްތިހާދުގައި އެކަށީގެންވާ ކަމަށް ފެންނަ ގޮތަކަށެވެ. މިއީ ސުންނަތުގެ ނަޒަރުންނެވެ. އެއީ ޙަރާމް ނޫން ކަންކަމުގައި ވެރިމީހާއަށް ކިޔަމަންތެރިވުމެވެ. އަދި އެ ޢިލްމުވެރިޔާ ވެރިމީހާއާ ދެކޮޅެއް ނުހަދާނެއެވެ. އެ ޢިލްމުވެރިޔާ އާންމު ގޮތެއްގައި ތަފާތު ވިސްނުމެއް އޮތްކަމުގައި ވިޔަސް މެއެވެ.” އަބޫ ޢިޔާޟް، 29 ޝައްވާލް 1446 / 27 އޭޕްރިލް 2025

އިންފުލުއެންޒާގެ މައްޗަށް ޢިލްމީ ނަޒަރެއް

އިންފުލުއެންޒާ ކިޔައި އުޅެނީ ހުންއައިސް ނޭފަތުން އަރިދަފުސް ފައިބާ ރޯގާ ބައްޔަކަށެވެ. ޒުކާމަކީ ވެސް އަރިދަފުސް ރޯގާއެވެ. ނޭފަތް ބަންދުވުމެވެ. އަރިދަފުސްގެ ޢަލާމާތްތަކުގެ ތެރޭގައި ނޭފަތާއި ކަރު ހިރުވައި އަދި ފުއްޕާމޭގެ ހޮޅިތަކުގައި އަރިދަފުސްގެ (ރޯގާގެ) އަސަރުހިފައި، ކިނބިހިއެޅި، ކެއްސައި، ނޭފަތުންނާއި، ކަރުތެރެއިން ފެނާއި ދަވަ އާދެއެވެ. ބައެއްފަހަރު ނޭފަތް ބަންދުވާ ކަހަލަ އިހުސާސް ކުރެވެއެވެ. އަރިދަފުސް ކިޔަނީ ނޭފަތުންނާއި އަނގައިން އަންނަ ދިޔާ ނުވަތަ އޮލަ މާއްދާ އަށެވެ.

ބައިނަލްއަޤްވާމީ ޞިއްޙީ ސިނާޢަތުގެ ނުފޫޒުގަދަ ވިއުގައިން ނުވަތަ މި ޒަމާނުގެ ބޭސްފަރުވާއާއި ޞިއްޙީ ސިޔާސަތުތައް ކޮންޓްރޯލްކުރާ ނުފޫޒުގަދަ ފަރާތްތަކުގެ ނެޓްވޯކުން މި ޢަލާމާތްތަކަށް ގުނާލަން ނުކުޅެދޭހާ ގިނަ ނަންތައް ދަނީ ކިޔަމުންނެވެ. އަބަދުވެސް އަންނަ މޫސުމީ ރޯގާއަށް އާ ނަމެއް ދީ، އޭގެ ނަމުގައި ވެކްސިނާއި ބޭސް އުފައްދައި، ވިޔަފާރީގެ ފައިދާ ހޯދަމުންނެވެ. އެ ގޮތުން، ޢާންމު އަރިދަފުސް ރޯގާ، ފްލޫ، އިންފްލުއެންޒާ، މޫސުމީ ރޯގާ، ދޫނި ރޯގާ، އޫރު ރޯގާ، ސްޕެނިޝް ފްލޫ، ހޮންކޮންގ ފްލޫ، ރަޝިއަން ފްލޫ، ކޮރޯނާ، ކޯވިޑް، ސާރސް، މާރސް އެހެންގޮސް އެތަކެއް ނަމެވެ. ކޮންމެ ފަހަރަކުވެސް ވިޔަފާރި ބޫސްޓަކަށް އައު ނަމެއް ދެއެވެ. ކޮންމެ ފަހަރަކު ވެސް އައު ވިޔަފާރިއެއް ފެށުމަށް އައު ނަމެއް ތަޢާރަފުކުރެއެވެ.

ނެޗުރޯޕެތީގެ ޑޮކްޓަރު ޑރ. ހާބަރޓް ޝެލްޓޮން ވިދާޅުވެފައިވަނީ “ޢާންމުކޮށް މި ކިޔައި އުޅޭ ފްލޫ (ރޯގާ، ކިބިހި އެޅުން، ހުން އައުން، ކެއްސުން) އެއީ އިންސާނާގެ ހަށިގަނޑު އަނބުރާ ރަނގަޅު ޞިއްޙަތަކަށް ރުޖޫޢަ ކުރުމަށް (މާތްﷲ) ޤުދުރަތުގައި ލައްވާފައިވާ އެންމެ ބާރުގަދަ އެއް މަގު” ކަމުގައެވެ. އެ ބޭފުޅާ ވިދާޅުވަނީ ފްލޫ/ރޯގާއަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހަށިގަނޑުން ފަށައިގަންނަ ފުން ސާފުކުރުމުގެ ވަރުގަދަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ފައްޓަނީ ހަށިގަނޑަށް ބޭނުން ނުޖެހޭ އެކިއެކި ކުނިބުންޏާއި، ވިހަ ޓޮކްސިކް މާއްދާތައް ހަށިގަނޑުގައި ޖަމާވެ އެކަށީގެންވާ މިންވަރަކުން މައްޗަށް ގޮސް ނުރައްކާތެރި މިންވަރަކަށް ދިއުމުންނެވެ. މިސާލަކަށް ރޯ ފިޔާ ކަފާލުމުން އޭގެ ތެރެއިން ސިން-ޕްރޮޕޭންތިއަލް-އެސް-އޮކްސައިޑް ކިޔާ ގޭހެއް ބޭރުވެއެވެ. މި ގޭހުގެ ސަބަބުން: ލޮލާއި ނޭފަތުގެ ތެރެއަށް ރިހުން އަރައެވެ. ލޮލުން ފެންއައުން ކުރިމަތިވެއެވެ. ނޭފަތުން ފެންއައުން ފެށެއެވެ. ބައެއް މީހުންނަށް ކިބިހި އަޅައި، ކަރުގައި ރިހުން އުފެދެއެވެ. މިފަދަ ޢަލާމާތްތައް ފެންނަން ފަށާ ކޮންމެ ފަހަރަކު އެއީ ހަށިގަނޑަށް ވަދެގެން އުޅޭ ނުފެންނަ “ވައިރަސް” އޭ ކިޔާ ދިރިހުރި އެއްޗެއް ކޮށްގެން އުޅޭ ކަމަކަށްވުން ލާޒިމެއް ނޫނެވެ. އެ ބޭފުޅާ ވިދާޅުވަނީ ރޯގާ ޖެހުމުން ކުރަން އެންމެ ރަނގަޅު ކަމަކީ އަމިއްލަ ހަށިގަނޑަށް އަރާމުދީ އެހީތެރިވެ ދިނުން ކަމަށެވެ. އެއީ ގަދަ ކެއުމުން ދުރުވެ، ރޯދަ ހިފުން ނުވަތަ ހަމައެކަނި ދިޔާތަކެތި، ކުރުބާ، ތާޒާ ޖޫސް ފަދަ އެއްޗެހި އެކަނި ބޭނުންކޮށް ހަށިގަނޑަށް ވީހާވެސް ބޮޑަށް އަރާމު ދީ، ސާފު ވަޔަށް ނޭވާ ލައި، އިރުގެ އަލިކަމަށް ހުށަހެޅުމެވެ. އިރުގެ އަލިން ގަސްތަކަށް ދިރުމެއް ވާ ފަދައިން އިންސާނުންނަށް ވެސް ދިރުމެއް ވެއެވެ. މި ހަރަކާތްތައް ހުއްޓުވައި ސަޕްރެސް ކޮށް އަދި އޭގެ އިތުރަށް ވިހަ މާއްދާތައް ހަށިގަނޑަށް އުކާލައި ދުޅަހެޔޮ ނޫން ކާނާ ކެއުމަކީ މީހަކު މި ހާލަތުގައި ކުރާނެ އެންމެ ނުރަނގަޅު ކަންކަމުގައި ނެޗުރޯޕެތީގެ ޑޮކްޓަރުން ވިދާޅުވެއެވެ. މިކަމުގެ ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.

ބައެއް ދިރާސާވެރިން ދެކޭގޮތުގައި އަހަރެމެންގެ ތިމާވެށި (ވައި، ފެން، ކާބޯތަކެތި އަދި ބިން ފަދަ ތަންތަން) ދަނީ އަހަރަކަށްފަހު ގޯސް މާއްދާތަކުން އަހަރެއް ތަޣައްޔަރުވަމުންނެވެ. މި ތިމާވެށްޓަށް ބޭނުންކުރެވޭ ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމްސް (ޖީއެމްއޯސް)، ޕެސްޓިސައިޑް، ހާބިސައިޑް، ބޭސް (ފާމަސޫޓިކަލް ޑްރަގްސް)، އެހެނިހެން ވިހަ މާއްދާތައް، މޯބައިލް ފޯނު ޓަވަރުތައް (ޚާއްޞަކޮށް 5ޖީ) އަދި އެހެނިހެން އިލެކްޓްރޯމެގްނެޓިކް (ކަރަންޓުގެ) ތަޣައްޔަރުކަން އަދި އިރުގެ އަލިކަން ބްލޮކްކުރުމަށް ކަމަށް ބުނެ އުޑަށް ސްޕްރޭކުރާ އެކި ވިހަ ގޭސްތައް (‘ކެމްޓްރެއިލް’ ފަދަ) އިތުރުވާ ވަރަކަށް، އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ މީހުން ބަލިޖެހި އަދި މަރު އިތުރުވާ ކަމަށް އެ ބޭފުޅުން ބުނެއެވެ. އެހެނަސް، މި ކަންކަން ވަޅުލައި ފޮރުވުމަށް ކޮންމެ ފަހަރަކުވެސް އައު ‘ވައިރަސް’ އެއް ނުވަތަ އައު ޖަރާސީމެއް ފަދަ އެއްޗެހި ކުށްވެރިކޮށް ހަދަމުންދާ ކަމަށް ބައެއް ދިރާސާވެރިން ބުނެއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ރައްކައުތެރިކަމާއި ސަލާމަތްކަން ދެއްވާށިއެވެ.

އަޅުގަނޑުމެން އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، އިލްމީ ގޮތުން ސާބިތުވެފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އަޅުގަނޑުމެންގެ ދުޅަހެޔޮކަމާއި ތިމާވެށި ރައްކައުތެރިކުރުމަށް މަސައްކަތްކުރަންވާނެއެވެ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަށް ގެއްލުންދޭ ކަންކަމުން ދުރުހެލިވާން މަސައްކަތްކުރަންވާނެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ގޮތް ދައްކަވައި، ރަނގަޅު ކަންކަން ކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.