ޞިއްޙީ ކަންކަމުގައި ދީނީ ޢިލްމުވެރިން އެކަމުގެ މާހިރުންނަށް ރައްދުކުރޭ! – ޝެއިޚް އަބޫ އިޔާޟް

(މިއީ ޝެއިޚް އަބޫ އިޔާޟް އަމްޖަދު ރަފީޤް ގެ ލިޔުމެއްގެ[1] ތަރުޖަމާއެކެވެ. އޭނާއަކީ މެޑިސިނަލް ބަޔޯކެމިސްޓްރީން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. މެޑިސިނަލް ބަޔޯކެމިސްޓްރީގެ ތެރޭގައި ހިމެނެނީ ބޭސް ހަށިގަނޑަށް ވަންނަ ގޮތާއި، ހަށިގަނޑުގައި ފެތުރިގެންދާ ގޮތާއި، ހަށިގަނޑުގައި ބަދަލުވެގެންދާ ގޮތާއި، އަދި ހަށިގަނޑުން ބޭރުވެގެންދާ ގޮތްތައް ދިރާސާކުރުމެވެ. އަދި ބޭހުގެ ސަބަބުން ހަށިގަނޑުގެ މޮލެކިއުލަރ ފެންވަރުގައި އަންނަ ބަދަލުތައް ދެނެގަތުމެވެ. މީގެ އިތުރުން ބޭހުގެ އަސަރު ކުރާ ގޮތާއި، އޭގެ ނޭދެވޭ އަސަރުތައް ދިރާސާކުރުމާއި، އައު ބޭސްތައް ތަރައްޤީކުރުމަށް ބޭނުންވާ މޮލެކިއުލަރ އަދި ސެލިއުލަރ ފެންވަރުގެ މަޢުލޫމާތު ހޯދުން ހިމެނެއެވެ.) (މި ލިޔުމަކީ ކޯވިޑް-19 އާއި އޭގެ ވެކްސިން ފަދަ ޞިއްޙީ މައްސަލަތަކުގައި ޢިލްމުވެރިންގެ ދައުރު ސާފުކޮށްދިނުމަށް ލިޔެފައިވާ ލިޔުމެއް ކަމުގައި ބެލެވެއެވެ. މި ލިޔުމުގެ މަޤްޞަދަކީ ޢިލްމުވެރިންގެ މަޤާމު ދަށްކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ޢިލްމުވެރިންގެ ދައުރު ސާފުކޮށްދިނުމާއި، ޞިއްޙީ މައްސަލަތަކުގައި އެކަށީގެންވާ ގޮތުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްދިނުމެވެ. މިއީ ދީނީ އަދި ޞިއްޙީ ދާއިރާ ދެމެދުގައި އޮންނަންވާ ގުޅުން ސާފުކޮށްދޭ ލިޔުމެއް ކަމުގައި ބެލެވެއެވެ. މި ލިޔުމުން އެނގެނީ ޢިލްމުވެރިން ޞިއްޙީ މައްސަލަތަކުގައި ޚާއްޞަވެރިންގެ ރައުޔަށް ބަރޯސާވާކަމާއި، އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޝަރުޢީ ޙުކުމްތައް ނެރުއްވާކަމެވެ. މިއީ އިސްލާމްދީނުގައި ކޮންމެ ދާއިރާއެއްގެ ކަންކަން އެ ދާއިރާގެ މާހިރުންނާ ޙަވާލުކުރުމުގެ މުހިންމުކަން ދައްކުވައިދޭ ލިޔުމެކެވެ.)

މިއީ މުސްލިމުންގެ ޢިލްމުވެރިން ދެއްވާފައިވާ ގިނަ ބަޔާންތަކުގެ ތެރެއިން ކުޑަ ބައެކެވެ. މި ބަޔާންތަކުގައި އެ ބޭފުޅުން ޑޮކްޓަރުންނާއި ދީނީ ޢިލްމުވެރިންގެ މަސައްކަތުގެ ދާއިރާތައް ވަކިކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. ބޭހަކުން ނުވަތަ ފަރުވާއަކުން ލިބޭ ފައިދާ ނުވަތަ ގެއްލުމާ ބެހޭގޮތުން ނިންމުންތައް ނިންމުމާއި، އެކަންކަން ވަޒަންކުރުމާއި، އެކަންކަމާމެދު ޙުކުމް ކަނޑައެޅުމަކީ ދީނީ ޢިލްމުވެރިންގެ މަސައްކަތުގެ ދާއިރާއަކަށް ނުވެއެވެ. އަދި ހަމައެހެންމެ، ސައިންސާއި ހެކިތަކުގެ ނަޒަރުން ބަލާއިރު، ބޭހެއް ނުވަތަ ފަރުވާއެއްގެ ރަނގަޅު ނުވަތަ ނުބައިކަން ކަނޑައެޅުމާއި، އޭގެ ރައްކާތެރިކަން ނުވަތަ ފައިދާކުރާ މިންވަރު ބެލުމާއި، ޞިއްޙީ ނަޒަރިއްޔާތަކާއި އޭގެ ހެކިތަކާ ބެހޭގޮތުން ވާހަކަދެއްކުމަކީވެސް ދީނީ ޢިލްމުވެރިންގެ މަސައްކަތުގެ ދާއިރާއެއް ނޫނެވެ. ނަމަވެސް، މީހަކު އައިސް ވަކި ކަމަކާ ބެހޭގޮތުން އޭގެ ޝަރުޢީ ޙުކުމް އޮޅުންފިލުވަން ބޭނުންވެގެން އަހައިފިނަމަ، ދީނީ ޢިލްމުވެރިޔާއަށް ފަތުވާ ދެވިދާނެއެވެ. މިކަން ކުރެވޭނީ އެ ޢިލްމުވެރިޔާއަކީ އެކަމުގެ ޚާއްޞަ މާހިރަކަށް ވާކަށް ނުޖެހޭނެއެވެ. އޭނާއަށް ޝަރުޠުކޮށްފައިވާ ޖަވާބެއް ދެވިދާނެއެވެ. މިފަދަ ބައެއް ބަޔާންތައް ތިރީގައި ފެންނާނެއެވެ. އަދި ގިނަފަހަރު، ޞިއްޙީ ދަޢުވާތަކާއި ލަފާކުރުންތަކާ ގުޅޭގޮތުން އެކަން އެކަމުގެ ޚާއްޞަވެރިއަކަށް ޙަވާލުކުރާނެއެވެ.

ޢިލްމުވެރިންނާއި ޑޮކްޓަރުން އެބައިމީހުންނަށް ޚާއްޞަ އަމިއްލަ ދާއިރާތައް ހުރިކަމަށް ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވުން

ޝައިޚް އިބްނު ޢުޘައިމީން (ﷲ އެ ބޭފުޅާއަށް ރަޙްމަތް ލައްވާށި) ވިދާޅުވިއެވެ. لا تسأل عن العلم إلا أهله، فالطبيبة لا تسأل إلا عن الطب، ولا تسأل عن العلم الشرعي. والعالم الشرعي يسأل عن العلم الشرعي ولا يسأل عن الطب إذا لم يكن لديه علم “ޢިލްމަކާ ބެހޭގޮތުން އެ ޢިލްމެއްގެ މާހިރުންގެ އަރިހުން މެނުވީ ނުއަހާށެވެ. އެހެންކަމުން ޑޮކްޓަރަކާ ސުވާލުކުރެވޭނީ ހަމައެކަނި ބޭސްވެރިކަމާ ބެހޭގޮތުންނެވެ. އަދި އޭނާއާ ދީނީ ޢިލްމާ ބެހޭގޮތުން ސުވާލެއް ނުކުރެވޭނެއެވެ. އަދި ދީނީ ޢިލްމުވެރިއަކާ ސުވާލުކުރެވޭނީ ދީނީ ޢިލްމާ ބެހޭގޮތުންނެވެ. އަދި އޭނާގެ ގާތުގައި އެކަމާ ބެހޭ ޢިލްމެއް ނެތްނަމަ، އޭނާއާ ބޭސްވެރިކަމާ ބެހޭގޮތުން ސުވާލެއް ނުކުރެވޭނެއެވެ.” [2]

ޑިޕްރެޝަންއަށް ބޭސްކުރުމާ ބެހޭގޮތުން ޝައިޚް އަލް-ފައުޒާން

[ސުވާލުކުރާ ފަރާތުން] ބުނެފައިވެއެވެ. “ޢިއްޒަތްތެރި ޝައިޚް، ﷲ ތިބާއަށް ކާމިޔާބު ދެއްވާށިއެވެ. މީހަކު ޑިޕްރެޝަންގައި ވާ ހިނދު، ޑިޕްރެޝަންއާ ދެކޮޅަށް ބޭސްކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެނގިހުރެ އެ ބޭސްތަކުގެ ސަބަބުން އޭނާގެ ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން. އޭނާއަށް އެ ބޭސްތައް ބޭނުންކުރުން ހުއްދަވެގެންވޭތޯއެވެ؟”

ޝައިޚް އަލް-ފައުޒާން ޖަވާބު ދެއްވިއެވެ. “މިއީ ޑޮކްޓަރުންނަށް އަނބުރާ ފޮނުވަންޖެހޭ ކަމެކެވެ. މިއީ ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުންނަށް އަނބުރާ ފޮނުވަންޖެހޭ ކަމެކެވެ. އެކަމުގެ ޒިންމާ އުފުލަންޖެހެނީ އެބައިމީހުންނެވެ. ޑިޕްރެޝަންގެ ބޭހުގެ ސަބަބުން ލިބޭ ގެއްލުންތައް، ޑިޕްރެޝަންގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ބޮޑުކަމަށް ޑޮކްޓަރުން ނިންމައިފިނަމަ، އެހާލަތުގައި އެ ބޭސް ބޭނުންކުރުމަށް ޑޮކްޓަރުން ހުއްދައެއް ނުދޭނެއެވެ. އަދި އެފަދަ ހާލަތެއްގައި ޞިއްޙީގޮތުންވެސް އަދި ޝަރުޢީގޮތުންވެސް އެ ބޭސް ބޭނުންކުރުން ހުއްދަވެގެން ނުވާނެއެވެ.” [3]

ޝައިޚް ޞާލިޙް އަލް-ފައުޒާން މި މައްސަލަ ޙަވާލުކުރެއްވީ [4] ޑޮކްޓަރުންނަށެވެ. އެބައިމީހުން ނިންމާ ގޮތަކަށެވެ. އެއީ މީ މިއީ އެބައިމީހުންގެ ދާއިރާ ކަމަށްވާތީއެވެ. ބޭސްތަކާމެދު ވަޒަންކުރުންތައް ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ޢިލްމުވެރިއެއްގެ ދައުރެއް ނޫނެވެ. ނަމަވެސް، ޑޮކްޓަރުން ބުނާ ނުވަތަ ނިންމާ އެއްޗެއްގެ މައްޗަށް ބިނާކޮށް، މީހަކު އައިސް އެކަމަކާ ބެހޭ ޙުކުމެއް ހޯދަން އެދިއްޖެނަމަ، ޢިލްމުވެރިޔާއަށް ޙުކުމެއް ނެރެވިދާނެއެވެ. ނުވަތަ އޭނާއަށް ޝަރުޠުކޮށްފައިވާ ޖަވާބެއް ދެވިދާނެއެވެ.

ޝައިޚް އަލް-ފައުޒާން: ޞިއްޙީ ކަންކަމާ ބެހޭގޮތުން ޑޮކްޓަރުންނާ ސުވާލުކުރާށެވެ.



ޝައިޚް އަލް-ފައުޒާންގެ އަރިހުން 20 އޮކްޓޯބަރު 2024 ގައި “ނޫރު ޢަލަލް ދަރުބި” ޕްރޮގްރާމުގައި ބައެއް ޞިއްޙަތާއި ޒީނަތްތެރިވުމުގެ ފަރުވާތަކާ ބެހޭގޮތުން ސުވާލުކުރެވުނެވެ.

އޭނާގެ ތިންވަނަ ސުވާލަކީ: “މޫނުގައި ދޮންކެޔޮ ނުވަތަ ޔޯގަޓް އުނގުޅުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟”

ޝައިޚް އަލް-ފައުޒާން: “އޭގައި ފައިދާއެއް ވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ. މިއީ ޞިއްޙީ ކަންކަމެވެ، ޑޮކްޓަރުންނާ އެކަމާ ބެހޭގޮތުން ސުވާލުކުރާށެވެ. އޭގައި ފައިދާއެއް ވާނަމަ، އެކަމުގައި މައްސަލައެއް ނެތެވެ.” [5]

އަދި ޝައިޚްގެ އަރިހުން ރިހި ބޭހެއްގެ ގޮތުގައި ބޭނުންކުރުމާ ބެހޭގޮތުންވެސް ސުވާލުކުރެވުނެވެ.

ސުވާލުގައި ބުނެފައިވަނީ ބައެއް ބަލިމީހުން ރިހި ބޭހެއްގެ ގޮތުގައި ބޭނުންކުރާ ކަމަށެވެ. އެއީ ތަށްޓެއްގައި ފެން އަޅައި، އޭގައި ބައެއް ރިހީގެ ފައިސާކޮޅުތައް އަޅައިގެންނެވެ. ދެން ކުޑަ ވަގުތުކޮޅަކަށްފަހު، އެ ފައިސާކޮޅުތައް ނަގައި އެ ފެން (އޭގައި ރިހީގެ ކުދި ކުދި ބައިތައް އެކުލެވޭ ފެން) ބޯއެވެ. ސުވާލުގައި ބުނެފައިވަނީ އިބްނުލް ޤައްޔިމް “ޒާދުލް މަޢާދު” ގައި ވިދާޅުވެފައިވާ ކަމަށެވެ. ރިއްސަކީ ކަންބޮޑުވުމާއި ހިތާމައަށް ފައިދާހުރި ބޭސްތަކުގެ ތެރެއިން ބޭހެއް ކަމަށާއި، އެއީ ސާފު މާމުއިގެ ރަހާއި ކުންކުމާއެކު އެއްކުރެވޭ އެއްޗެއް ކަމަށެވެ. އެހެންވީމާ، އެކަމުގެ ޝަރުޢީ ޙުކުމަކީ ކޮބައިތޯއެވެ؟

ޝައިޚް ޖަވާބު ދެއްވިއެވެ. “އަހަރެންނަކަށް ނޭނގެއެވެ. ޑޮކްޓަރުންނާ މިކަމާ ބެހޭގޮތުން ސުވާލުކުރާށެވެ. ރިއްސަކީ (މިކަމަށް) ފަރުވާއެއްތޯ ނުވަތަ ނޫންތޯ؟ ޑޮކްޓަރުންނާ ސުވާލުކުރާށެވެ.”

ފަރުވާތަކުގެ ފައިދާ ނުވަތަ ގެއްލުން ނުވަތަ ރައްކާތެރިކަން، ޞައްޙަކަން ނުވަތަ ނަތީޖާ ނެރެވޭ މިންވަރު ވަޒަންކުރުމަކީ ދީނީ ޢިލްމުވެރިއެއްގެ ދައުރެއް ނޫނެވެ. އެކަމާ ބެހޭގޮތުން އޭނާގެ ގާތުގައި ޢިލްމެއް ނެތްނަމައެވެ. އެއީ ޑޮކްޓަރުންނާއި އެކަމުގެ ޚާއްޞަވެރިންގެ ދައުރެކެވެ. ނަމަވެސް، ޢިލްމުވެރިން ކަންކަމަށް ޝަރުޢީ ޙުކުމްތައް ތަޠްބީޤުކުރުމަށް ފަތުވާ ދެއެވެ. އެހެންކަމުން، އެކަމުގައި ފައިދާއެއް ވާނަމަ، ޝައިޚްގެ ގެ ޖަވާބަކަށްވާނީ ހަމައެކަނި އެއީ “ހުއްދަ” ކަމެކެވެ. ނަމަވެސް ދަޢުވާއެއް ކަނޑައެޅުން ނުވަތަ އެކަށައެޅުމަކީ ޢިލްމުވެރިއެއްގެ ދައުރެއް ނޫނެވެ.

ޞިއްޙީ ސަބަބުތަކަށްޓަކައި އަންހެނަކު ދަރިމައިވުން ހުއްޓުވާ ބޭސްގުޅަ ބޭނުންކުރުމާ ބެހޭގޮތުން ޝައިޚް ބިން ބާޒް



[ސުވާލުކުރާ ފަރާތުން] އަމިއްލަ ނަފްސާ ބެހޭގޮތުން ބުނެފައިވެއެވެ: އަހަރެންނަކީ ބަލިމީހެކެވެ. އަދި ޑޮކްޓަރުން އަހަރެންގެ ޙާލަތު ދެނެގަތީ ހިތުގެ މައްސަލައެއްގެ ގޮތުގައެވެ. އަދި އަހަރެންގެ ފިރިމީހާ ދަރިން ބޭނުންވެއެވެ. ނަމަވެސް އަހަރެންގެ ޞިއްޙަތަށް ބިރުން އަހަރެން ދަރިމައިވުން ހުއްޓުވާ ބޭސްގުޅަ ބޭނުންކުރަން ފެށީމެވެ. އަހަރެން ރަނގަޅުތޯއެވެ، ނުވަތަ ކިހިނެއްތޯއެވެ؟ ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

ޝައިޚް ބިން ބާޒް ޖަވާބު ދެއްވިއެވެ. “މިކަމަށް ޚާއްޞަވެރި ޑޮކްޓަރުންނާ މަޝްވަރާކުރަން ޖެހެއެވެ. މި ބޭސްގުޅަ ބޭނުން ނުކުރުމުން ތިބާގެ ޞިއްޙަތަށް ގެއްލުމާއި ނުރައްކާ ވާނަމަ، އޭރުން އެ ބޭސްގުޅަ ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ. މި ބޭސްގުޅަ ކޮންމެހެން ބޭނުން ނޫންނަމަ އަދި ތިބާގެ ފިރިމީހާ އެކަމަށް އެއްބަސް ނުވާނަމަ، އެކަން ދޫކޮށްލާށެވެ. ޚުލާޞާއަކީ، މިކަން އަނބުރާ ދާނީ ޚާއްޞަވެރި ޑޮކްޓަރުންނާ ސުވާލުކުރުމަށެވެ. ތިބާއަށް މިކަމުގެ ބޭނުން ޖެހިފައިވާނަމަ، އެކަމުގައި މައްސަލައެއް ނެތެވެ. އެކަން ނުކޮށް ކުރިއަށްދެވޭނެ ގޮތެއް އޮތްނަމަ، ތިބާ އެކަން ދޫކޮށްލަންޖެހޭނެއެވެ. މެނުވީ ތިބާގެ ފިރިމީހާ އެކަން ބޭނުންކުރުމަށް ހުއްދަ ދީފިނަމައެވެ. އަހަރުމެންނަށާއި ތިބާއަށް ﷲ ދުޅަހެޔޮކަން ދެއްވުން އެދި ދުޢާ ކުރަމެވެ.” [6]

އެކްސްރޭ ފެނުމުގެ ބާރު ލިބިފައިވާކަމަށް ބުނާ ކުއްޖަކާ ބެހޭގޮތުން ޝައިޚް ބިން ބާޒް

ޖިއްދާގެ އަލް-މުޞަފާ ސަރަޙައްދުގެ އަޑުއަހާ މުޙައްމަދު އަޙްމަދު ޢަލީ ޠާހިރު މެސެޖެއް ފޮނުވައި ބުނެފައިވެއެވެ. އަހަރެން އަޑުއެހީމެވެ. ކުއްޖަކަށް އެކްސްރޭ ފަދައިން ތޫނު ދެ ލޯ ލިބިފައިވާ ކަމަށެވެ. ސައިންޓިސްޓުން އޭނާ ޓެސްޓުކޮށް، އޭނާގެ ގާތަށް މާބަނޑު އަންހެނަކު ގެނެސްފިއެވެ. އޭނާ ބުންޏެވެ. އެ އަންހެންމީހާ މާބަނޑުވެފައިވަނީ ދެ ކުދިންނަށް ކަމަށެވެ. އަދި އެކަން ޔަޤީންކުރެވުނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ސޫރަތު ލުޤްމާނުގައި ވަޙީކުރައްވާފައި  ވެއެވެ. إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ “ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ވަގުތު ދެނެވޮޑިގަތުން ވަނީ، ﷲގެ ޙަޟްރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.” (31:34) އަހަރުމެން ބޭނުންވަނީ ތިބާ އެކަން އޮޅުންފިލުވައިދެއްވުމަށެވެ. ﷲ އަހަރުމެންގެ ފަރާތުން ތިބާއަށް ހާސް ހެޔޮކަމުގެ ޖަޒާ ދެއްވާށިއެވެ.

ޝައިޚް ބިން ބާޒް ޖަވާބު ދެއްވިއެވެ. “މި ކުއްޖާ ވުޖޫދުގައި ހުރިކަމުގެ ޞައްޙަކަމާ ބެހޭގޮތުން، މިއީ ލޮލުގެ ޚާއްޞަވެރި ޑޮކްޓަރުންނަށް އަނބުރާ ފޮނުވަންޖެހޭ ކަމެކެވެ. ސުވާލުކުރާ ފަރާތުން ބަޔާންކުރި ކުއްޖާއާ ބެހޭގޮތުންނެވެ. އަދި މާބަނޑުވެފައިވަނީ ދެ ކުދިންނަށްކަން ކުއްޖާއަށް އެނގުނު ކަމަށް ބުނާ ބުނުމާ ބެހޭގޮތުން، މިއީ ތަޙްޤީޤުކުރަންޖެހޭ ކަމެކެވެ. ކަންތައް އޮތްގޮތެއް އަދި އޭނާގެ ލޮލުގެ ތޫނުކަމާ ބެހޭގޮތުން ބުނެވޭ އެއްޗަކީ ކޮންމެ އެއްޗެއް ކަމުގައިވިޔަސް މެއެވެ. ނަމަވެސް، އޭނާއަށް އެކަން ފެނުނުކަމަށް ބަލައިފިނަމަ، ބައެއް ޑޮކްޓަރުންނަށް މިކަން އެނގިދާނެއެވެ. އައު ގޮތްތަކާއި އިޖުރާއާތުތަކުގެ ޒަރީޢާއިންނެވެ. އެއީ މިއީ ޣައިބުގެ ޢިލްމުގެ ތެރެއިން ނުހިމެނެ އެވެ. މާބަނޑުވުން ބަނޑުގައި އޮތުމަށްފަހު، އަދި އެއީ ބަނޑުގައި އުފެދިފައިވުމަށްފަހު، އެއީ ޣައިބުގެ ޢިލްމުގެ ތެރެއިން ނުހިމެނެއެވެ. މަލާއިކަތާއަށް އެކަން ފެނިފައިވަނީ ﷲ ޢައްޒަ ވަޖައްލަގެ އަމުރުފުޅަށެވެ. އެއީ ﷲ ސުބްޙާނަހޫ އެ މަލާއިކަތާއަށް އަމުރުކުރައްވަނީ އެއީ ފިރިހެނަކަށް ނުވަތަ އަންހެނަކަށް ހެއްދެވުމަށެވެ، ފުރިހަމަ ޚަލްޤެއްގެ ގޮތުގައި ނުވަތަ ނުފުރިހަމަ ޚަލްޤެއްގެ ގޮތުގައި ހެއްދެވުމަށެވެ. އަދި އެ ހުރިހާ ކަމެއް ލިޔެވިގެންވެއެވެ. ރަސޫލުﷲ ﷺ ގެ ކިބައިން ރިވާވެގެންވާ ޞައްޙަ ޙަދީޘްތަކުގައި އައިސްފައިވާ ފަދައިންނެވެ.” [7]

ބަލިތަކާ ދެކޮޅަށް ވެކްސިން ޖެހުމާއި ތަވައްކުލާ ބެހޭގޮތުން ޝައިޚް އިބްނު ޢުޘައިމީން

ޝައިޚް އިބްނު ޢުޘައިމީން (ﷲ އެ ބޭފުޅާއަށް ރަޙްމަތް ލައްވާށި) ގެ އަރިހުން އަހާފައިވެއެވެ. “ބަލިތަކާ ދެކޮޅަށް ވެކްސިން ޖެހުމަކީ ތަވައްކުލް ނަފީވުމެއްތޯއެވެ؟”

އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ” التطعيم ضد الأمراض إذا كان مما هو معلوم النفع فهذا من الأسباب مثل ما أن الإنسان يتوقى البرد قبل أن ينزل به وأما إذا كان أوهام فقط أو خيالات فلا يُعتمد عليها طيب ބަލިތަކާ ދެކޮޅަށް ވެކްސިން ޖެހުން، އެއީ ފައިދާ އެނގިފައިވާ އެއްޗެއް ކަމުގައިވާނަމަ، އެއީ ސަބަބުތަކުގެ ތެރެއިންނެވެ. އެއީ މީހަކު ފިނިން ރައްކާތެރިވުމަށް ފިނި އައުމުގެ ކުރިން ސަމާލުވާ ފަދައިންނެވެ. އަދި އެއީ ހަމައެކަނި ހީކުރުންތަކެއް ނުވަތަ ޚިޔާލުތަކެއް ކަމުގައިވާނަމަ، އެކަމަށް ބަރޯސާއެއް ނުކުރެވޭނެއެވެ.” [8]

ޝައިޚް ޝަރުޠުކޮށްފައިވާ ޖަވާބެއް ދެއްވައި، ޝަރީޢަތުގެ އުޞޫލުތަކާ ގުޅުވައިގެން ޙުކުމް ބަޔާންކޮށްދެއްވިއެވެ. އަދި ޙުކުމުގެ އަސާސް ތަޙްޤީޤުކުރުމާ ބެހޭގޮތުން، ވެކްސިނަކީ ޙަޤީޤަތުގައި ފައިދާހުރި އެއްޗެއްތޯ ނުވަތަ ނޫންތޯ، ނުވަތަ ރައްކާތެރިތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ޢިލްމުވެރިއެއްގެ ދައުރެއް ނޫނެވެ. އެކަން ޙަވާލުކުރެވެނީ ޑޮކްޓަރުންނާއި ޚާއްޞަވެރިންނަށެވެ.

ޝައިޚް ވިދާޅުވިއެވެ: “އަދި އެއީ ހަމައެކަނި ހީކުރުންތަކެއް ނުވަތަ ޚިޔާލުތަކެއް ކަމުގައިވާނަމަ، އެކަމަށް ބަރޯސާއެއް ނުކުރެވޭނެއެވެ.” އެހެންކަމުން ޢިލްމުވެރިން މިފަދަ މައްސަލަތަކުގައި ޖަވާބު ދެއްވާފައިވެއެވެ. އެހެންކަމުން އަހަރުމެންނަށް ވަކި ވެކްސިންތަކާ ބެހޭގޮތުން ކުރެރެވޭ ދަޢުވާތަކަކީ ޔަޤީންކަމާއެކު ޚިޔާލީ، ދޮގު އަދި މަކަރުވެރި ކަންކަން ކަމުގައިވާ ޙާލަތެއް ދިމާވެއްޖެނަމަ، ޙުކުމް ވަނީ ކުރިންވެސް ސާފުވެފައެވެ.

މިއީ ހުރިހާ ޞިއްޙީ ދަޢުވާތަކަކަށާއި، ބޭސްތަކަށާއި، ފަރުވާތަކަށާއި ފިޔަވަޅުތަކަށް ރައްދުވާ އެއްޗެކެވެ. އޭގެ ފައިދާ ނުވަތަ ފައިދާ ނެތްކަން، ނުވަތަ އޭގެ ގެއްލުން، ނުވަތަ އޭގެ ރައްކާތެރިކަން، ނުވަތަ އޭގެ ނަތީޖާ ނެރެވޭ މިންވަރު، ނުވަތަ އޭގެ ޢިލްމީ ޞައްޙަކަން ނުވަތަ ނުޞައްޙަކަން، އެއީ ޢިލްމުވެރިއެއްގެ ދާއިރާއެއް ނޫނެވެ. ޢިލްމުވެރިޔާ ބަޔާންކޮށްދެނީ އޭނާގެ ގާތަށް ގެނެވޭ އެއްޗެއްގެ މައްޗަށް ބިނާކޮށް ޝަރުޢީ ޙުކުމްތަކެވެ. އަދި އޭނާ ޙުކުމެއް ނެރުމުގެ ކުރިން ތަޙްޤީޤުކުރަން ބޭނުންވާނަމަ، އޭނާ އެކަން ޚާއްޞަވެރިންނަށް ތަޙްޤީޤުކުރުމަށް ޙަވާލުކުރާނެއެވެ. އަދި އެބައިމީހުން އެބައިމީހުންގެ ރައުޔު އަނބުރާ ގެނެސްދިނުމުން، އޭނާއަށް ޝަރުޢީ ޙުކުމެއް ނެރެވިދާނެއެވެ އެކަމަށް އެދި ހޯދާފައިވާނަމައެވެ.

ފުޓްނޯޓްތައް


[1] https://abuiyaad.com/a/scholars-medicine-specialists/print

[2] https://alathar.net/home/esound/index.php?op=codevi&coid=59158 فتاوى نور على الدرب (الشريط رقم 317).

[3] https://youtu.be/HAOvA6Qsn9U?si=ZtQc0X3rTrWhhTYz

[4] “ޙަވާލުކުރުން” ނުވަތަ “ރުޖޫޢަކުރުން” މި ބަހުގެ މާނައަކީ: އެކަމެއްގައި އިތުރު ޢިލްމާއި ތަޖުރިބާ ހުރި ފަރާތަކަށް އެ މައްސަލައެއް ފޮނުވުމެވެ. އެއީ އެ ފަރާތުން އެކަމުގައި ގޮތެއް ނިންމުމަށްޓަކައެވެ. (މެރިއަމް-ވެބްސްޓަރ) ޢަރަބި ބަހުން މި ބަހާ އެއްމާނަ ދޭ ބަހަކީ (أحال يُحيل إحالة) އެވެ. މީގެ މާނައަކީ ކަމާބެހޭ އިޚްތިޞާޞް ލިބިފައިވާ ފަރާތަކަށް މައްސަލައެއް ފޮނުވުމެވެ.

[5] މަޞްދަރު: ނޫރު ޢަލަލް ދަރުބި—ރެކޯޑިންގ. 20 އޮކްޓޯބަރު 2024.

[6] https://binbaz.org.sa/fatwas/15547/%D8%AD%D9%83%D9%85-%D8%A7%D8%B3%D8%AA%D8%B9%D9%85%D8%A7%D9%84-%D8%AD%D8%A8%D9%88%D8%A8-%D9%85%D9%86%D8%B9-%D8%A7%D9%84%D8%AD%D9%85%D9%84-%D8%A8%D8%BA%D9%8A%D8%B1-%D8%A7%D8%B0%D9%86-%D8%A7%D9%84%D8%B2%D9%88%D8%AC

[7] https://binbaz.org.sa/fatwas/17240/%D8%AD%D9%83%D9%85-%D8%A7%D8%AF%D8%B9%D8%A7%D8%A1-%D9%85%D8%B9%D8%B1%D9%81%D8%A9-%D8%A8%D8%B9%D8%B6-%D8%A7%D9%84%D9%85%D8%BA%D9%8A%D8%A8%D8%A7%D8%AA

[8] https://alathar.net/home/esound/index.php?op=codevi&coid=126855