މައިގަނޑު ކޮންޓެންޓަށް ދޭ

ކެންސަރު ޖެހޭ އެންޑީއެމްއޭ އެކުލެވޭ ބޭސްތައް އަދިވެސް ބާޒާރުގައި؟

ލިޔުމުގެ މައުޟޫތައް


    ކެންސަރު ޖެހޭކަން ސާބިތުވެފައިވާ އެންޑީއެމްއޭ (NDMA) (އެންނައިޓްރޯސޯޑައިމެތައިލްއެމައިން) އާ ގުޅޭގޮތުން ކެންސަރުގެ ފަންނީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.[1] އެންޑީއެމްއޭ އިން ކެންސަރު ޖެހެނީ ހަށިގަނޑުގެ (ވާރުތަވާ މާއްދާ ނުވަތަ) ޑީއެންއޭ އަށް ގެއްލުންދީ، އޭގެ ސަބަބުން ބަދަލުތަކެއް (މިއުޓޭޝަންތައް) އައިސް، ކެންސަރު ގޮށްތަކެއް (ނުވަތަ ޓިއުމަރުތަކެއް) އުފެދިގެންނެވެ. ގިނަ ޖަނަވާރުތަކުގެ މައްޗަށް ކުރެވިފައިވާ ދިރާސާތަކާއި، ކްލިނިކަލް އޮބްޒަވޭޝަންތަކާއި، ލެބޯޓްރީ ތަޖުރިބާތަކުން ވަނީ އެންޑީއެމްއޭ އަކީ ހަށިގަނޑުގެ ލިވަރ، މަޢިދާ، ކިޑްނީ އަދި ފުއްޕާމޭ ފަދަ ގުނަވަންތަކަށް އަސަރުކުރާ ވަރުގަދަ ކާސިނޯޖެނެއްކަން (ކެންސަރު ޖައްސާ މާއްދާއެއްކަން) ސާފުކޮށް ދައްކުވައިދީފައެވެ. [2]،[3]


    އެންޑީއެމްއޭ އިން ކެންސަރު ޖެހޭ ގޮތް

    އެންޑީއެމްއޭ އިން އެކުލެވިފައިވާ ބޭސް، އެއިން ތަޣައްޔަރުވެފައިވާ ފެން ނުވަތަ ކާނާގެ ޒަރީޢާއިން އެންޑީއެމްއޭ ހަށިގަނޑަށް ވަންނަ ހިނދު، އެ މާއްދާ ލިވަރު ގައި އެހެން މާއްދާއަކަށް ބަދަލުވެ ވަރަށް ހަރުކަށި މާއްދާއަކަށް ވެއެވެ. މި ގެއްލުންދެނިވި މާއްދާއިން ހަށިގަނޑުގެ ސެލްތަކުގައިވާ ޑީއެންއޭ އަށް ގެއްލުން ދީ، (މިއުޓޭޝަންތަކެއް ނުވަތަ) ބަދަލުތަކެއް ގެންނަން ފަށައެވެ. މި މިއުޓޭޝަންތަކުގެ ސަބަބުން ސެލްތައް ކޮންޓްރޯލެއް ނެތި އިތުރުވެ، އެންމެ ފަހުން ކެންސަރަށް މަގުފަހިވެއެވެ. އެންމެ ބޮޑަށް ނުރައްކާވެފައިވާ ގުނަވަންތަކުގެ ތެރޭގައި ލިވަރ، މަޢިދާ، ފުއްޕާމޭ އަދި ކިޑްނީ ހިމެނެއެވެ. [4]


    ބޭސްވެރިކަމުގެ ސިނާޢަތާއި ބެލެހެއްޓުމުގެ އިދާރާތަކާމެދު ފާޑުކިޔުން


    ބާރުގަދަ ބޭސް ކުންފުނިތަކުން، ސިއްޙީ މުއައްސަސާތަކާއި ބެލެހެއްޓުމުގެ އިދާރާތަކުގެ އެހީތެރިކަމާއެކު، އެތައް އަހަރެއްގެ މައްޗަށް އެންޑީއެމްއޭ އާ ތަޣައްޔަރުވެފައިވާ ބޭސްތައް ބެހުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ބޮޑު އިހުމާލުން އުފެދޭ ސުވާލަކީ އެމީހުންގެ އަސްލު މަޤްޞަދަކީ ކޮބައިތޯއެވެ. އެމީހުން ޙަޤީޤަތުގައި ރައްޔިތުންގެ ސިއްޙަތު ރައްކާތެރިކުރަނީތޯ، ނުވަތަ ރައްކާތެރިކަމަށްވުރެ ފައިދާއަށް އިސްކަންދެނީތޯއެވެ؟ ގިނައިން ބޭނުންކުރެވޭ ބޭސްތަކުގައި ކެންސަރު ޖައްސާ މާއްދާތައް ހުރުމުން ދޭހަވަނީ މިއީ މީހުން ބަލިކޮށްފައި ބޭތިއްބުމަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަމަށް ވެދާނެކަމެވެ. އޭރުން ފަސޭހަކުރުމުގެ ބަދަލުގައި ފަރުވާދިނުމުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެއެވެ. ބެލެހެއްޓުމުގެ އިދާރާތަކުންތަކުން ރައްޔިތުން ރައްކާތެރިކުރުމުގެ ޒިންމާ އަދާކުރުމުގައި ނާކާމިޔާބުވެފައިވާކަން ސާފުވެއެވެ. މިކަމުން އެ އިދާރާތަކުގެ ހަރުދަނާކަމާއި، މަޤްޞަދުތަކާއި، ޖަވާބުދާރީވުމާމެދު ބޮޑެތި ސުވާލުތައް އުފެދެއެވެ. މިފަދަ އިދާރާތަކުން ދޭ މައުލޫމާތާއި މެދުވެސް މިހާރު މީހުން ސުވާލު އުފައްދައެވެ.


    އެންޑީއެމްއޭ އާންމުކޮށް ފެންނަ ތަންތަން:

    އެންޑީއެމްއޭ ވަކި ބާވަތްތަކެއްގެ ކާނާ، ބޭސް އަދި ފެނުގައި ހުރެދާނެއެވެ. މި ކަންކަން ދެނެގަނެ، އަމަލީ ފިޔަވަޅުތަކެއް އެޅުމުން ތިބާގެ އާއިލާގެ މެންބަރުން މި މާއްދާއަށް ހާމަވުން ވަރަށް ބޮޑަށް މަދުކުރެވިދާނެއެވެ.



    ބޭސް: އެންޑީއެމްއޭ އެކުލެވުމުގެ ސަބަބުން އަނބުރާ ގެނެވިފައިވާ ބޭސްތައް

    • ރެނިޓިޑީން (ޒެންޓެކް) “ގްލެކްސޯސްމިތްކްލައިން” (ޖީ.އެސް.ކޭ) ކުންފުނީގެ ބޭހެއް – ހަޖަމު ނުވުމާއި މަޢިދާގެ އެސިޑް ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ގޭސް ބޭސް؛ 2020 ގެ އޭޕްރީލްމަހު އެއްކޮށް އަނބުރާ ގެނެވުނު. ގިނަ ގައުމުތަކުގައި ވިއްކުންވެސް މަނާ. [5]
    • ވަލްސަރޓަން، ލޯސަރޓަން، އިރްބެސަރޓަން – ލޭގެ ޕްރެޝަރު މަތިވުމަށް ބޭނުންކުރާ ބޭސް؛ 2018 އިން ފެށިގެން ވަކި ބެޗްތަކެއް އަނބުރާ ގެނެވުނު.[6]
    • މެޓްފޯމިން – ހަކުރުބަލީގެ ބޭސް؛ 2020 ގައި ވަކި ބެޗްތަކެއް އަނބުރާ ގެނެވުނު [7]
    • ނިޒަޓިޑީން – މަޢިދާގެ އަލްސަރާއި އެސިޑް ރިފްލަކްސްއަށް ބޭނުންކުރާ ބޭސް؛ 2020 ގެ ޖެނުއަރީމަހު އަނބުރާ ގެނެވުނު. [8]

    ކާނާ:

    • ޕްރޮސެސްކޮށްފައިވާ މަސް: ސޮސެޖް، ހޮޓްޑޮގް، ސަލާމީ، ބޭކަން (ނައިޓްރޭސްގެ ސަބަބުން) [9]
    • ދުންއަރުވާފައިވާ މަސް: ވަރަށް ގަދަޔަށް ދުން އަރުވައި ތައްޔާރުކުރާ މަސް.[10]
    • ވަރަށް ބޮޑަށް ގްރިލްކޮށްފައިވާ ނުވަތަ އަނދާފައިވާ ކާނާ[11]
    • ނައިޓްރޭޓްސް/ނައިޓްރައިޓްސް ބޭނުންކޮށްގެން (ބަންދުކޮށް) ރައްކާކޮށްފައިވާ ކާނާ.


    ފެން: ރަނގަޅަށް ފިލްޓަރު ނުކުރާ ކްލޯރިން އަޅާފައިވާ ބޯފެން [13]


    ތިބާގެ އާއިލާގެ މެންބަރުން އެންޑީއެމްއޭ އަށް ހާމަވުން މަދުކުރާނެ ގޮތްތައް:

    • ޕްރޮސެސްކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ މަހުގެ ބަދަލުގައި ތާޒާ ކާނާ އިޚްތިޔާރުކުރުން.
    • ގްރިލްކުރުމާއި ދުންއެރުވުމުގެ ބަދަލުގައި ކާނާ ކައްކާއިރު ކެއްކުމާއި، ސްޓީމްކުރުމާއި، އަވަނުގައި ކެއްކުން އިސްކަންދިނުން.
    • އެފަދަ ކެންސަރު ޖެހޭ ބޭސް އަނބުރާ ގެނައުމުން ދެން އެ ކުންފުނިތަކަށް ފުރިހަމަ އިތުބާރު ނުކުރުން
    • ރިވާރސް އޮސްމޯސިސް ފިލްޓަރުތައް ބޭނުންކުރުން ނުވަތަ ޑިސްޓްރިލާއިން ފެން ބޭނުންކުރުން

    މި ފިޔަވަޅުތައް އެޅުމުން، ތިބާގެ އާއިލާގެ މެންބަރުން އެންޑީއެމްއޭ އަށް ހާމަވުން ވަރަށް ބޮޑަށް މަދުކުރެވި، އެމީހުންގެ ސިއްޙަތު ރައްކާތެރިކުރެވިދާނެއެވެ.



    ޒިންމާއިން ބަރީޢަވުން: މި މަޢުލޫމާތު ތިބާގެ އާއިލާގެ މެންބަރުންނާ ހިއްސާކޮށް، އެންޑީއެމްއޭ އަށް ހާމަވުން މަދުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި ތިބާގެ ސިއްޙަތާ ގުޅޭ އެއްވެސް ކަމަކާ މެދު ކަންބޮޑުވުމެއް އޮތްނަމަ، އަބަދުވެސް ޞިއްޙީ ފަރުވާދޭ ފަރާތަކާ މަޝްވަރާކުރުމަކީ ރަނގަޅު ގޮތެވެ. މި މަޢުލޫމާތު ފޯރުކޮށްދެވިފައި މިވަނީ އާންމު މަޢުލޫމާތުގެ ގޮތުގައި އެކަންޏެވެ. އަދި މިއީ ޞިއްޙީ ލަފައެއްގެ ބަދަލެއް ނޫނެވެ.


    [1] (2021) ޖާމާ ނެޓްވަރކް https://jamanetwork.com/journals/jamanetworkopen/fullarticle/2775725

    [2] (2021) އެންވަޔަރަންމެންޓަލް ޓޮކްސިކޮލޮޖީ https://pubmed.ncbi.nlm.nih.gov/33369934/

    [3] (2023) ޖާރނަލް އޮފް ފުޑް ސައިންސް https://onlinelibrary.wiley.com/doi/10.1002/jsfa.13102

    [4] (2021) އެންވަޔަރަންމެންޓަލް ޓޮކްސިކޮލޮޖީ https://pubmed.ncbi.nlm.nih.gov/33369934/

    [5] އެފްޑީއޭ ރިކޯލް އެނައުންސްމަންޓް، އޭޕްރީލް 2020. https://www.fda.gov/news-events/press-announcements/fda-requests-removal-all-ranitidine-products-zantac-market

    [6] (2022) މަޔާމީ އިންޖަރީ ލޯޔަރ ބްލޮގް – ވަލްސަރޓަން، ލޯސަރޓަން، އިރްބެސަރޓަން ރިކޯލްތައް . https://www.miamiinjurylawyerblog.com/list-of-recalled-drugs-linked-to-ndma-contamination/

    [7] (2020) އެފްޑީއޭ – މެޓްފޯމިން ރިކޯލް އަޕްޑޭޓްތައް – https://www.fda.gov/drugs/drug-safety-and-availability/fda-updates-and-press-announcements-ndma-metformin

    [8] [2020] ފާމަސީ ޓައިމްސް – ނިޒަޓިޑީން ރިކޯލް https://www.pharmacytimes.com/view/updates-on-nmda-contaminations-in-medications/1000

    [9] (2023) ޖާރނަލް އޮފް ފުޑް ސައިންސް https://onlinelibrary.wiley.com/doi/10.1002/jsfa.13102

    [10] (2021) ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު https://pmc.ncbi.nlm.nih.gov/articles/PMC8617244/

    [11] (2022) ޖާރނަލް އޮފް ފުޑް ސޭފްޓީ އެންޑް ހައިޖީން https://jfsh.tums.ac.ir/index.php/jfsh/article/view/453/228

    [12] ހިކިމަސް https://pmc.ncbi.nlm.nih.gov/articles/PMC8617244/

    [13] (2017) އީޕީއޭ ފެކްޓް ޝީޓް – އެންޑީއެމްއޭ ފެނުގެ ކޮންޓެމިނޭޝަން https://19january2021snapshot.epa.gov/sites/static/files/2017-10/documents/ndma_fact_sheet_update_9-15-17_508.pdf

    WhatsApp Telegram